ނަމާދަށް ހުއްޓާ ކައިރީގައި ހުރި މީހަކު ކަމެއް ދިމާވެގެން ވެއްޓިއްޖެނަމަ ހަދާނީ ކިހިނެތް ؟
ސުވާލު: ނަމާދަށް ހުއްޓާ ކުރިމަތީ ނުވަތަ ޖެހިގެންހުރި މީހާއަށް ހާޓް އެޓޭކެއް، ސްޓްރޯކެއްފަދަ އެއްޗެއް ޖެހިގެން، ހޭނެތިގެން ވެއްޓިއްޖެނަމަ، އޭނާއަށް އެހީވުމަށްޓަކައި ނަމާދު ދޫކޮށްލެވިދާނެތަ ؟
ޖަވާބު: ޖަމާޢަތުގެ ނަމާދުގައި ހުރި މީހަކު އަނބުރައިގަނެގެން ވެއްޓިއްޖެނަމަ، އޭނާގެ ކައިރީގައި ތިބި މީހުންކުރެ ކޮންމެވެސް އެއްބަޔަކު، ޖަމާޢަތް ދޫކޮށްލައި ވެއްޓިފައި އޮތް މީހާއަށް އެހީތެރިވެ، ފަރުވާދިނުމަކީ އެމީހުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.
ޖަވާބުދެއްވީ: އައްޝައިޚް ޙަސަން މޫސާ ފިކުރީ

