ޚަބަރު

ބާޒާރުމަތީގައި ޓްރޯލީ ދުއްވުން މަނާކުރަނީ

މާލޭ މަގުތަކުގެ ކާރޫބާރޫ ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރައްވަމުންދަ މަސައްކަތްތަކުގެ ދަށުން މާލޭގެ ބާޒާރު ސަރަހައްދުގައި ޓްރޯލީ ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިކަމާގުޅޭގޮތުން މަޢުލޫމާތު ދެމުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، ނޯތް ހާބަރާއި، މާލޭ މަސްވެރިންގެ މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި ވަޅޯމަސް މާރުކޭޓު ހިމެނޭ ސަރަހައްދަކީ ކާރޫބާރޫ ބޮޑު ސަރަޙައްދަކަށްވާތީ އެކަމަށް އެދެވޭ ޙައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މާލޭ ބާޒާރު ސަރަހައްދުގެ މަގުތަކުގައި ޓްރޯލީ ދުއްވުމަކީ، އެސަރަހައްދުގެ ޓްރެފިކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

މި ސރަހައްދުގެ ޓްރެފިކް ބާރުބޮޑުވުމުގައި، ބަރުކޮށްގެން ދުއްވާ ޓްރޯލީތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މި ޓްރޯލީތަކަކީ މާލޭގެ މަގުތަކުގައި ދުއްވަން ފަރުމާކޮށްގެން ހުއްދަދީފައިވާ އެއްޗެއްވެސް ނޫންކަމަށެވެ. ގިނަ ޢަދަދެއްގެ މުދާ ބަރުކޮށްގެން މިފަދަ ޓްރޯލީތަށް ވަންވޭއާއި އިދިކޮޅަށް ދަތުުރުކުރުމުގެ ސަބަބުން މި ސަރަހައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ސިޓީ ކައުންސިލަށް ގިނަ ޝަކުވާތައް ހުށަހަޅާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

ޤަވާޢިދާ ޚިލާފަށް ޓްރޯލީތައް ދުއްވުމުގެ ސަބަބުން، އެކިފަރާތްތަކަށް ގެއްލުންވާކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ޓްރޯލީތަށް ބޭނުންކުުރުން ގިނަވުމުގެ ސަބަބުން ކުލީ ވެހިކަލްތަކަށް ލިބޭ ދަތުރުތައްވެސް މަދުވުމުގެން ދާކަމަށެވެ. އަދި ހަމަމިއާއިއެކު ވެހިކަލް ޕާކްކުރާ ސަރަހައްދުގައި މި ޓްރޯލީތައް އުޅަނދުތަށް ޤަވައިދާ ޚިލާފަށް ބަހައްޓާފައި ހުންނަ މަންޒަރު ފެންނަކަން ޒަމީރު ފާހަގަކުރެއްވިއެވެ.

މިމައްސަލަ ހައްލުކުރުމަށް މާލޭ ބާޒާރު ސަރަހައްދުގައި ޓްރޯލީ ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ ޓްރޯލީތަށް ނަގައި ޖޫރިމަނާކޮށް، މިސަރަހައްދުގައި ޓްރޯލީ ދުއްވުން މަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

މާލޭގެ ބާޒާރު ސަރަހައްދުގެ ކާރޫނާރޫ ކުޑަކުރުމަށް އެ ސަރަހައްދުން ޓްރޯލީ ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޕްލޭނިންގް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި ޓްރެދިކް ޕޮލިސް ގުޅިގެން މާލޭގެ މަގުތަކުގެ ކާރޫބާރޫ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަަހައްދުތަކުގައި އައު ޕާކިން ސަރަހައްދުތަށް ތަރައްޤީކޮށް ހުޅުވަމުންދާއިރު، ކާރޫބާރޫ ބޮޑުވާ ވަގުތު މާލޭގެ މަގުތަކުގައި ދަތުުރުފަތުރުކުރާގޮތަށްވެސް ގެންނަނީ ބަދަލުގެންނަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close