ޚަބަރު

ކެންޑިޑޭޓުންނާއި ގުޅޭގޮތުން އޭސީސީއަށް ވައްދާފައިވާ މައްސަލަތަކެއް ބަލަނީ

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓެއްގެ މައްސަލަ އޭސީސީއަށް ބަޔަކު ވައްދާފައިވާތީ އެމައްސަލަތައް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީން ވިދާޅުވީ މަޖިލީހަށް ވާދަކުރައްވާ 8 ކެނޑިޑޭޓެއްގެ ކޮރަޕްޝަންގެ އެއްވެސް މައްސަލަ އޮތްތޯ އެކޮމިޝަނުން ބަލަމުންގެންދާ ކަމަށާއި އޭގެތެރެއިން 2 ބޭފުޅެއްގެ މައްސަލަ ބަލާ ނިންމައި އެފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ ދެ ކެނޑިޑޭޓުންގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން މިހެން ވިދާޅުވިނަމަވެސް އެ ކެނޑިޑޭޓުންގެ މައުލޫމާތު އޭސީސީން ހާމައެއް ނުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

އޭސީސީން ވިދާޅުވީ އަމާޒަކީ މަޖިލިސް އިންތިޚާބުގެ ކުރިން ބާކީ ތިބި ކެނޑިޑޭޓުންގެ މައްސަލަތައްވެސް ބަލައި ނިންމުން ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު މިފަހަރުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި މިފަހަރު އިންތިޚާބުކުރަން ހަމަޖެހިފައިވަނީ 87 ކެނޑިޑޭޓުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close