ޚަބަރު

ގިނަރަށްތަކެއްގައި އާތު އަވަރ ފާހަގަކޮށްފި

ދިވެހި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އާތުއަވަރ ފާހަގަކޮށްފިއެވެ.

“އާތު އަވަރ” ނުވަތަ ބިންގަޑި ފާހަގަކުރުމަށް ރާއްޖޭގެ އެކިހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ އިރު ، އާތު އަވަރ ފާހަގަ ކުރުމުގެގޮތުން ރޭވަނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ބައެއް ތަންތަނުގެ ބޮކިތައް އެއްގަޑިއިރަށް ނިއްވާލައި އަނދިރިކޮށްލާފައެވެ. ރޭ 8:30އިން 9:30އަށް ބޮކިތައް ނިއްވާލުމުގައި ގިނަބަޔަކު ބައިވެރިވެފައިވެއެވެ.

އާތު އަވަރ ފާހަގަކުރުމުގެ މައިޙަރަކާތް އޮތީ ރޭ ހދ.ކުޅުދުއްފުށީގައެވެ. އަދި އިއްޔެ ހަވީރު އެރަށުގައި ވަނީ ޚާއްސަ ހިނގާލުމެއްވެސް ބާއްވާފައެވެ. މިހިނގާލުމުގައި ސްކޫލް ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެ، ޝުޢޫރުފާޅުކޮށްފައިވެއެވެ. އެގޮތުން ތިމާވެއްޓަށް ލިބޭ އެކިއެކި ގެއްލުންތަކުގެ ސަބުން ދުނިޔެއަށްކުރާ ނޭދެވޭ އަސަރުތަކާބެހޭ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް މިހިނގާލުމުގެ ބައިވެރިން ވަނީ އުފުލާފައެވެ.

ކުޅުދުއްފުށީގެ އިތުރުން ވެރިރަށް މާލެއާއި، އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައިވަނީ އާތުއަވަރ ފާހަގަކުރުމުގެ ގޮތުން ރޭ 8:30 ން 9:30 ށް މުޅިރަށް އަނދިރިކޮށްލާ ކަރަންޓުން ދިއްލާފައިވާ ދިއްލުންތައް މަދުކޮށްފައެވެ.

އާތު އަވަރ އަކީ ތިމާވެއްޓަށްވަމުންދާ ގެންލުންތަކަށް ޢާއްމުން ހޭލުންރިކުރުވައި، އެކަންކަން ދުނިޔޭގެ ސަމަލުކަމަށް ގެންނައުމަށް ހުރިހާ ޤައުމުތައް ހިމެނޭގޮތަށް ފާހަގަކުރަމުން އަންނަ ޚާއްސަ ޙަރަކާތެކެވެ.

2009 ވަނަ އަހަރު ފެށިގެން ރާއްޖޭގައިވެސް އަންނަނީ އާތު އަވަރ ފާހަގަކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close