ޚަބަރު

7 ކިލޯމީޓަރުގެ ފެތުމުގެ އިވެންޓްގައި މެޑަމް ފަޒްނާ ބައިވެރިވެ ވަޑައިގެންފި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކުރި “ބްރޭކް ދަ ބެރިއަރ” ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. އިތުރު ސަތޭކަ އަންހެނުންއެކު އެކަމަނާވެސް ވަނީ ފުނަދުއާއި މާލެއާއި ދެމެދު ފައްތަވާ ވަޑައިގެން 7 ކިލޯމީޓަރުގެ ރޭސް ނިންމަވާފައެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެތުން ފަށާފައިވަނީ މިއަދު ހަވީރު މާލެ އަތޮޅު ފުނަދުއިންނެވެ. 7 ކިލޯމީޓަރުގެ މި ފެތުން ނިންމާލާފައިވަނީ ޢިއްޒުއްދީން ފާލަމަށެވެ. މި ހަރަކާތުގައި އެކި އުމުރުފުރައިގެ 100 އަށްވުރެ ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެއަތޮޅު ފުނަދޫ ކައިރިން ފުންމާލައިގެން މާލޭގެ އެއް ނަމްބަރު ފާލަމާހަމައަށް ސަތޭކަ އަންހެނުން ފަތާފައިވާއިރު މިއީ މިފަދަ އިވެންޓެއް ރާއްޖޭގައި އިންތިޒާމްކުރި ފުރަތަމަފަހަރެވެ. މިއިވެންޓްގައި ފަސްޓްލޭޑީގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ފެތުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މިފަދަ ހަރަކާތްތައް ގިނަގިނައިން ބޭއްވުމަށް އެމީހުން އެދޭކަމަށެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ ދައުރުގެ މުހިންމުކަމާއި ބޭނުން މިކަމުން ހާމަވެގެންދާކަމަށް އެމީހުން ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close