މުސަޅާއި ކެރެޓް
އެއްދުވަހަކު މުސަޅެއް ހިނގަމުން ދަނިކޮށް ކެރެޓް އަޅާފުރާފައި ހުރި ދިގު ޓުކުރިއެއް ފެނުނެވެ. މިއީ ވަރަށް ދަހި މުސަޅެއް ކަމުން ،އެ ޓުކުރި ފެނުމާއެކު އޭގަހުރި ކެރެޓްތައް ކާން ބޭނުންވިއެވެ. މުސަޅު ފަހަރަކު ކެރެޓެއްކަމުން ޓްކުރީގެ ތެރެއަށް ވަންނަމުން ދިޔައެވެ. މުސަޅު ކެރެޓްތައް ކަމުންގޮސް އެންމެފަހުން މުސަޅުގެ ބަނޑަށް ނިކަން އުނދަގޫވިއެވެ. މިހާރުދެން ފުދިއްޖެއޭ ހިތާ ވަރަށް އުފަލުން އޮވެ މުސަޅު އެ ޓްކުރިން ނިކުންނަށް މަސައްކަތް ކުރިއެވެ. އެކަމަކު ނިކުމެވޭ ގޮތެއް ނުވިއެވެ. މުސަޅުގެ ބަނޑުވަނީ ފުރި ނުނިކުމެވޭ ވަރަށް ބޮޑުވެފައެވެ. އަނެއްކާވެސް ހިތްވަރެއްކޮށްލާފައި ނިކުންނަށް މަސައްކަތް ކުރިއެވެ. އެހެނަސް ނިކުމެވޭ ގޮތެއް ނުވިއެވެ.
މިކަމާ މުސަޅު ވަރަށް ދެރަވެގެން ރޯންފެށިއެވެ. މުސަޅު ރޯ އަޑަށް އެތަނަށް ބުޅަލެއް އަތުވެއްޖެއެވެ. ” މުސަޅު ތިޔަ ރޮނީ ކީއްވެ؟” މުސަޅު ނިކަން ދެރަވެފައި ކަން ވީގޮތް އޮޅުންފިލުވައިދިނެވެ. ” އަހަރެން ބޭނުންވީ މި ޓްކުރީގައި ހުރި ހުރިހާ ކެރެޓްތަކެއް ކާލަން. މިހާރު އަހަރެންނަށް މި ޓްކުރިން ނިކުމެވޭ ގޮތެއް ނުވި.” ބުޅާ ވިސްނާލަން އޮވެފައި ބުންޏެވެ. ތިޔަ ވަނީ ކަލޯ މާ ގިނައިން ކެއުމުން ބަނޑުފުރިގެން ނުނިކުމެވުނީ ކަމަށް. ބަނޑުހަމަޖެހި ކުރިން ހުރި ވަރު ވަންދެން މަޑުކޮށްލާ..” ބުޅާ މިހެން ކިޔާ ހެމުން ހެމުން އެތަނުން ހިނގައްޖެއެވެ.
މުސަޅު ޓްކުރީގައި އޮއްވާ އިރުއޮއްސިއްޖެއެވެ. އެންމެފަހުން މުސަޅު ނިދިއައިސްގެން އޭގެތެރޭގައި އޮވެ ނިދާފިއެވެ. އޭގެ އަނެއް ދުވަހު ހެނދުނު މުސަޅު ހޭލި އިރު ބަނޑުވަނީ ކުރީގަ ހުރި ވަރަށް ކުޑަވެފައެވެ. މުސަޅު އަނެއްކާވެސް ބަނޑުހައިވެއްޖެއެވެ. މުސަޅު ކެރެޓްތައް ފެނި އަނެއްކާވެސް ކާންފެށިއެވެ. މުސަޅު ޓްކުރިން ނިކުންނަން ކުރި މަސައްކަތް ހަނދާންނެތުނީއެވެ. އަނެއްކާވެސް ކުރިއަށްވުރެ މުސަޅުގެ ބަނޑުފުރި ބޮޑުވެއްޖެއެވެ.
ކައިނިމުން ފަހުން، މުސަޅުގެ ހަނދާނަށް އައި އެޓްކުރިން ނިކުންނަން ޖެހޭނެކަމެވެ. މުސަޅަށް ޔަޤީންވި ކަމަކީ މިހެން އޮވެ ނުނިކުމެވޭނެކަމެވެ. ދެން މުސަޅު ހިތަށް އެރިއެވެ. ” ދެން އަނެއްކާވެސް މީގެން ނިކުންނާނީ މާދަމާ”. މިހެން ހިތާ ޓްކުރީގައި ނިދާފައި އޮއްވާ އެތަނަށް ހިޔަޅެއް އަތުވެއްޖެއެވެ. ހިޔަޅަށް މުސަޅުގެ ވަސް ޖެހުމާއެކު ޓްކުރިތެރެއަށް ބޯދީ ބަލައިލިއެވެ. އޭރު މުސަޅުއޮތީ ގަދަޔަށް ނިދާފައެވެ. ހިޔަޅު ބަލާކަށް ނޯވެ މުސަޅު ކާލިއެވެ. (ނިމުނީ)
ޢިބްރަތް: ކަމަކުން ސަލާމަތްވާން ލިބޭ ވަގުތުގައި ދަހިވެތިކަން އިސްކުރާނަމަ، މުސަޅަށް ލިބުންފަދަ ދެރައެއް ލިބިދާނެއެވެ.