މި މައުސޫމް ތުއްތު ކުއްޖާވަނީ ތިޔަބޭފުޅުންގެ ދީލަތިއެހީއަކަށް ބޭނުންވެފައި
އާޚްރަތަށްޓަކައި ތިމާގެ ދުނިޔެއިން ކިތަންމެ ކުޑަމިންވަރެއްނަމަވެސް ޤުރުބާންކޮށްލެއްވިޖެނަމަ އެކަމުގެ އުފާކޮންމެވެސް ދުވަހަކުން ތިބާއަށް ނުލިބިނުދާނެއެވެ. ހަމަޔަޤީނުންވެސް ތިބާމަރުވުމަށްފަހު ތިބާއަށް ފައިދާއެއް ކުރާނީ ދުނިޔޭގައި ކުރި ހެޔޮޢަމަލަކާއި، ކުރިޞަދަޤާތަކުންކަން ކަށަވަރެވެ.
މަތީގައިވާ ފޮޓޮއިން ފެންނަ މައުސޫމް ލޯބި ލޯބި ތުއްތު ކުއްޖާއަކީ ތިޔަބޭފުޅުންގެ ދީލަތިއެހީއަކަށް މިއަދު ބޭނުންޖެހިފައިވާ ހިތާމަތަކެއް ތަޙައްމަލު ކުރަންޖެހިފައިވާ ނިކަމެތި ކުއްޖެކެވެ. އެއީ ދެމަފިރިއެއްގެ ހިތުގެ ވިންދެވެ. ދެ ލޮލުގެ ފިނިކަމެވެ. ނަމަވެސް އެ ދެމެފިރިން މިއަދު އެވަނީ އެ ހިތުގެ ފިނިކަން ބީވެ ހިނގައިދާނެ ކަމުގެ ބިރު ހީވެ މާޔޫސްވެފައެވެ. އުމުރުން އެންމެ 5 އަހަރުގެ މަރްޔަމް ފަރުހީން އަކީ ތ.ތިމަރަފުއްޓަށް ނިސްބަތްވާ އައިމިނަތު ނަސްވާގެ 7 ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. އަދި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ފިރިމީހާ މުހައްމަދު ރަޝީދާ އަކު ލ.ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާގެ ދަރިފުޅަށް ވަނީ ހެދިބޮޑުވުމުގެ މައްސަލަތަކެއް ދިމާވެ ދިގު މުއްދަތަކަށް ފަރުވާކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ.
ނާރެސްމީޑިއާ އަށް މަޢުލޫމާތު ދެމުން ފަރުހީންގެ މަންމަ ނަސްވާ ބުނި ގޮތުގައި ފަރުހީންއަށް އައީ އެންމެ ތުއްތު އިރުންސުރެ ސިއްޙީ މައްސަލަތަކެއް ދިމާވަމުންނެވެ. އެންމެ ތުއްތު އިރުއްސުރެ ފަރުހީން ވަރަށް ގިނައިން ހުންއައިސް ބަލިވެއެވެ. ހިނގައި ގަނެވޭ އުމުރަށް ދިޔަ ނަމަވެސް ފައިކޮޅުގައި ވަރު ނުހުރުމުގެ ސަބަބުން ގިނަ ފަހަރަށް އުރައިގެން ގެންގުޅެން ޖެހެއެވެ. މިކަމުގެ ސަބަބުން ފަރުހީން ސްކޫލަށް ދިއުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
ނަސްވާ ބުނި ގޮތުގައި ފަރުހީންގެ ބަލި ދެނެގަނެވިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދެއްކުމުންނެވެ. ނަސްވާ ނާރެސް މީޑިއާއަށް ހިއްސާކޮށްފައިވާ ކިމްސް ހޮސްޕިޓަލުގެ ލިޔުންތަކުން އެނގޭ ގޮތުގައި ފަރުހީންގެ ހަށިގަނޑުގައި ބޭނުންވާ ވަރަށް ގުރޯތު ހޯމޯން ނުވަތަ ހެދި ބޮޑުވުމަށް ބޭނުންވާ ހޯމޯން އުފައްދައެއް ނުދެއެވެ. ޑޮކްޓަރުންނާ ހަވާލާދީ ނަސްވާ ބުނި ތޮތުގައި ފަރުހީންއަށް ބޭނުންވާ ފަރުވާ އަވަހަށް ނުދެއްވިޖެ ނަމަ ފަރުހީން ވެގެންދާނީ ހެދިބޮޑުވުމުގައި އުނިކަން ހުންނަ “ޑްވާފް” ކުއްޖަކަށެވެ.
ފަރްހީންއަށް ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ރިކޮމެންޑްކޮށްފައިވާ ފަރުވާ އަކީ އުމުރުން 12 އަހަރު ވަންދެން ގްރޯތު ހޯމޯން ތިރަޕީ ދިނުމެވެ. މިކަމަށް ގަވާއިދުން ދޭން ޖެހޭ އިންޖެކްޝަނަށް މަހަކު 12000ރ. ޚަރަދުވެއެވެ. މީގެ އިތުރުން ފަރްހީންގެ އެތެރެހަށީގެ ގުނަވަންތައް ހެދިބޮޑުވާ މިންވަރު ދެނެގަތުމަށް ކިމްސް ހޮސްޕިޓަލުން ހަދަން ޖެހޭ ޓެސްޓްތަށް ހެދުމަށް އަހަރަކު 2 ފަހަރު އިންޑިއާއަށް ދާންޖެހެއެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި ވުމުގެ ސަބަބުން ނަސްވާ އެދެނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމެކެވެ.
މަރްޔަމް ފަރުހީންއަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން ނަސްވާގެ ނަންބަރު 9968215 އަކަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުން އެދެމެވެ. ނަސްވާގެ އެކައުންޓުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
އެކައުންޓް ނަންބަރ: 7730000190827
ނަން: އައިމިނަތު ނަސްވާ



Theega vaa mauloomathu rangalheh noon India rupess ge 12000 beynun vanee. E injection akee raajje genesgen ves jehey.
Mi aharuge. July ma’s adhi naadhey
Aslu vxx dhow
Mauloomaathu kuh hurumakee eheevaa faraaihthakah shakkuvaane kameh
Nspa in ves thi genesdhey beys sity aa eku form leema eyrah rashu nurse lavva injection jeheyne aharumenves dhari gayah thi jehin