ޚަބަރު

އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ހުރަސްތަކެއް އެބަހުރި: ޝިދާތާ


އިންތިޚާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ހުރަސްތަކެއް ނުވަތަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ޝިދާތާ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއިކުރުމަށް ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރުމުގެ އެއްވެސް ހުރަހެއް އަންހެނުންނަށް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

އޭގެ އިތުރަށް މިނިސްޓަރވަނީ ސިޔާސީ މަސައްކަތުގައި އަންހެނުން އިސް ދައުރެއް އަދާކުރި ނަމަވެސް ސިޔާސީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަން މިނިސްޓަރު ފާހަގަ ކުރައްވާފައެވެ..

އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭތޯ، މިއީ ސުވާލަކަށް ވެގެންވެސް ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު ސަފުތައް އަތުރާލުމުގައި ތަފާތުތަކެއް އެބަހުރި ކަމަށާއި، އަދި މިއަދު ފެނިގެންދަނީ އަންހެނުން ސަފާ ހަމަކުރާތަން ކަމަށްވެސް ޝިދާތާ ރޭ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close