ޚަބަރު

ލާދީނީ މުޖުރިމުންނާއިމެދު ނުރުހުން ފާޅުކުރާމީހުން ހާޒިރުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ޝައިޚް ޢަބްދުﷲ

އިސްލާމްދީނަށާއި މުސްލިމުންނަށް ފާޅުގައި ހަޖޫޖަހަމުންގެންދާ ލާދީނީ މުޖުރިމުންނަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި އިސްލާމްދީނަށްޓަކައި ޣީރަތްތެރިވެ ނުރުހުން ފާޅުކުރާ މީހުން ހާޒިރުކޮށް އެއުރެންނަށް ދުއްތުރާ ކުރުމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފަހަކަށްއައިސް ދިވެހިންގެ މަދު ބަޔަކު ފާޅުގައި އިސްލާމީ ޝަރީޢަތަށް ނިސްބަތްކޮށް އެކިއެކި ފުރައްސާރަތައް ކުރަމުންދަނިކޮށް ޝައިޚް ޢަބްދުﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އިސްލާމްދީނަށް ހަޖޫޖަހާ މީހުންނަކީ މި ދީބުގައި ފިތުނަ އުފައްދާ މީހުންކަމަށެވެ.

”އިސްލާމްދީނަށާއި މުސްލިމުންނަށް ފާޅުގައި ހަޖޫޖަހާ، މި ދީބުގައި ފިތުނަ އުފައްދައި މުސްލިމުންނަށް އިންޒާރުދީ ހަދައި ލާދީނީ މުޖުރިމުންނަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ތިމާމެންގެ ދީނަށްޓަކައި ޣީރަތްތެރިވެ ނުރުހުން ފާޅުކުރާ މީހުން ހާޒިރުކޮށް އެއުރެންނަށް ދުއްތުރާ ކުރުމީ ކަންބޮޑުވާންޖެހޭ ކަމެއް“ ޝައިޚް ޢަބްދުﷲ ގެ ޓްވީޓުގައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close