ޚަބަރު

ޢަރަބިއްޔާ ސްކޫލުގައި ދެޖިންސް އެއްކޮށްލައިގެން ކިޔަވައިދިނުން ފަށާފައިވާތީވެ ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް

މިއަދު ހެނދުނު ސްކޫލުތަކުގެ ކުދިން ސްކޫލަށް ދިޔަ ވަގުތާ ދިމާކޮށް އަރަބިއްޔާ ސްކޫލު ކުރިމަށްޗައް ބެލެނިވެރިން އެއްވެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި އެއްވުމުގައި ބެލެނިވެރިން ސުއޫރު ފާޅުކުރަމުންދަނީ ދެޖިންސު މަސްހުނި ނުކުރުމަށެވެ.

މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ގިނަ ބެލެނިވެރިންނާއި އެކު ކުރިއަށް ދިޔަ އެއްވުމުގެ ބައިވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ.

އަރަބިއްޔާގެ ބެލެނިވެރިން ބުނެފައި ވަނީ މިއަހަރު އަރަބިއްޔާގައި ކިޔަވައި ދެނީ ދެޖިންސް އެއްކޮށް ކަން އެނގުމުން މީގެ ކުރިން ސްކޫލް ޕްރިންސިޕަލާއި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް އެކަން އެގޮތައް ނުކުރުމަށް އެދިފައި ވާނެ ކަމަށެވެ. ނަމަވެސް ބެލެނިވެރިން ބޭނުންވި ގޮތައް ކްލާސްތައް ބަދަލުކޮށްފާ ނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަރަބިއްޔާ އަކީ އަރަބި މީޑިއަމަށް ހާއްސަކޮށްގެން ރާއްޖޭގައި ކިޔަވައި ދެމުން އަންނަ ހަމައެކަނި ސްކޫލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close