ޚަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިތުރު 4 ސެގްމަންޓެއް ތަރައްޤީކުރަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދު ބަންދުކޮށް، އެމްޓީސީސީން ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި މި މަސައްކަތުގެ ތެރޭގައި މަގު ފުޅާކޮށް ތާރު އެޅުމުގެ އިތުރުން، 610 މީޓަރުގެ އެއްގަމު ތޮށި އައުކުރުމާއި، ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުން ހިމެނެއެވެ.

މަސައްކަތް ކުރިއަށްދާ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރުމާ ގުޅިގެން، ފުލުހުން ވަނީ އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ޚިދުމަތް ދެމުންދިޔަ އަތޮޅު ފެރީތައް މިހާރު ވަނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލަށް ބަދަލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށް ހުޅުވާލާފައެވެ. މިހާރު ފަށާފައިވާ 4 ސެގްމަންޓުގެ މަސައްކަތް ނިމުމުން، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، މަގުގެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close