ޚަބަރު

ގަވާއިދާ ހިލާފަށް ބޭނުންކުރާ ޑިއުޓީ ފްރީ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަނީ

މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ބައެއް މަޝްރޫއުތައް ނިމުމަށްފަހު އުޅަނދުތައް ބޭރަށް ނުގެންދިޔުމާއި، ޑިއުޓީ ނުދައްކައި އެހެން ފަރާތްތަކަށް ކުއްޔަށްދީގެން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ކަސްޓަމްސް އިން ފާހަގަކުރެއެވެ. މި މައްސަލައަކީ މިދިޔަ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުން، އެ ފަރާތްތަކުން ހުށަހެޅި ބޮޑު ކަންބޮޑުވުމެކެވެ.

އެހެންކަމުން، ގަވާއިދާ ހިލާފަށް ބޭނުންކުރާ އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނައުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށާއި، އަދި އެފަދަ އުޅަނދުތައް ބޭނުންކުރާ ފަރާތްތައް ޖޫރިމަނާކޮށް، ދައްކަންޖެހޭ ޑިއުޓީ ނަގާނެކަމަށްވެސް ކަސްޓަމްސް އިން ވަނީ އިންޒާރު ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close