މެމްބަރު މޮސްޓާއަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 18އަހަރުގެ މީހެއްކަމަށާ، އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުންނާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި މީހަކު މޮސްޓާއަށް ހަމަލާދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި މޮސްޓާ ހުއްޓައެވެ.
