ޚަބަރު

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ އިވަހަންދޫގައި ބާއްވަނީ

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ އިވަހަންދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފައިވާއިރު ރައީސް ޔާމީން މިއަދު ވަނީ ހަނިމާދޫގެ ޕީޕީއެމްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ.

މިމަހުގެ 12 އިން 15 ރައީސް ޔާމީން ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ނެވެ. އެ ދަތުރުފުޅުގައި ހއ. ގެ ރަށްތައް ކަމަށްވާ ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ރައީސް ޔާމީން ވަޑައިގަންނަވާނެއެވެ.
ޕީޕީއެމުން ބުނީ މިއަދު ހަވީރު އެންމެ ފުރަތަމަ ޔާމީން ވަޑައިގަންނަވަނީ އިހަވަންދޫއަށް ކަމަށެވެ. އަދި އެރަށުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެެވެ.

މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރުމާއި އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ އަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ޕީޕީއެމުން ބުނެ އެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މި ދަތުރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.

މި ދަތުރުފުޅުގައި ޔާމީނާ އެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހިމެނޭ ގޮތަށް އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close