ޚަބަރު

އެމްއެންޕީގެ އާ ތަރުޖަމާނަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ހަމަޖައްސައިފި

އެމްއެންޕީގެ އާ ތަރުޖަމާނަކަށް ކުރިންހުރި އަސްރާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހަމަޖައްސައިފިއެވެ.

އެމްއެންޕީގެ އައު ތަރުޖަމާނު ތައާރަފްކުރުމަށް ހަރަކާތެއްވެސް ޕާޓީގެ ފަރާތުން ވަނީ މިއަދު ހަވީރު ބާއްވާފައެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފި ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ތަރުޖަމާނު، ޝިދާތާގެ ހިއްސާ ބޮޑު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި ފަތައިފި ކަމަށާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ގާނޫނު ނަގަހައްޓާ، ރައްޔިތުންގެ ހައްގުގައި އަޑު އުފުލި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީއިން ވަނީ އާ ތަރުޖަމާނާއެކު ޕާޓީގެ އަޑު ސިޔާސީ ގޮތުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީންކަން ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close