ޚަބަރު

ވިލިނގިލީ ލޯންޗު އެކްސިޑެންޓް ގައި ދެމީހުން ނިޔާވެއްޖެ

ގއ. ވިލިނގިލީގައި ލޯންޗު އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް ސިރިއަސް އަނިޔާތަކެއް ވެ އޭގެތެރެއިން ދެމީހަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ7:15 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ފަސް މީހުންނެވެ.

އެ އެކްސިޑެންޓު ހިނގީ ލޯންޗު ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ފަރުގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ ފަރުވާ ދެމުންދާ މީހުން އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދަން ޖެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close