ބޭރުދުނިޔެ

ސައުދީ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު، އިހްސާން ޗެރިޓީ ޕްލެޓްފޯމަށް 13 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި

ސައުދީ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު، އިހްސާން ޗެރިޓީ ޕްލެޓްފޯމަށް 13 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ނެޝަނަލް ޕްލެޓްފޯމް ފޯ ޗެރިޓަބަލް ވޯކް (އިހްސާން) އަށް 30 މިލިއަން ސައުދީ ރިޔާލު (8 މިލިއަން ޑޮލަރު) އާއި 20 މިލިއަން ރިޔާލު (5.3 މިލިއަން ޑޮލަރު) ހަދިޔާ ކުރައްވައިފަ އެވެ.

ހުކުރު ދުވަހު ހަވީރު އިހްސާން މެދުވެރިކޮށް ދީލަތި ހަރަކާތްތަކަށް ކިންގްޑަމް އިން ވަނީ ދެވަނަ ގައުމީ ކެމްޕޭނެއް ފަށާފަ އެވެ.

ސައުދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ (އެސްޑީއޭއައިއޭ) އިން ބަލަހައްޓަމުން އަންނަ އިހްސާންގެ އަމާޒަކީ ސައުދީ އަރަބިއްޔާގައި ދީލަތި އެހީ އެއް ދިނުމަށް އެހީތެރިވެދިނުމެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ފުރަތަމަ ކެމްޕޭން ފެށިއިރު ހަދިޔާކުރި ތަކެތި 1.47 ބިލިއަން ރިޔާލު (391 މިލިއަން ޑޮލަރު) އަށް ވުރެ މައްޗަށް އަރާފައިވާއިރު، 4.4 މިލިއަނަށް ވުރެ ގިނަ މަންފާވެރިންގެ ބޭނުންތައް ފުއްދުމަށް ވަނީ އެހީތެރިވެދީފަ އެވެ.

އެސްޕީއޭ އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ ކެމްޕޭނަށް ހަދިޔާކުރި ތަކެތި ކެމްޕޭން އިފްތިތާހު ކުރިތާ ތިން ގަޑިއިރުގެ ތެރޭގައި 262 މިލިއަން އެސްއޭއާރް (69 މިލިއަން ޑޮލަރު) އަށް ވުރެ މައްޗަށް އަރަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close