މުމްބާއީ ތައްޔާރުވަނީ 2-18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން: މުމްބާއީ މޭޔަރު
އިންޑިއާ: މުމްބާއީގެ މޭޔަރު ކިޝޯރީ ޕެޑްނޭކަރު ހޮނިހިރު ދުވަހު ވިދާޅުވީ ބްރިހަންމުމްބާއީ މުންސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އޮތީ އުމުރުން 2-18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ބްލޫ ޕްރިންޓަކާއެކު ތައްޔާރަށް ކަމަށެވެ. އަދި މި ޕްލޭންގެ ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި ހާމަކުރާނެ ކަމަށް ޕެޑްނޭކަރު ވިދާޅުވިއެވެ.
މިއީ މުމްބާއީއިން ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ބެލެނިވެރިންނަށް ލިބުނު ހިތްހަމަޖެހުމަކަށް ވެސް ވެދާނެ އެވެ. އޯމައިކްރޯން ވޭރިއަންޓްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ސްކޫލްތައް އަނެއްކާވެސް ބަންދުކުރުމުގެ ފުރުސަތު ބޮޑުކަމުގެ ރިޕޯޓްތައް ވަނީ ފެންނަން ފަށާފައެވެ.
ކޭސްތައް އިތުރުވުމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުމަށް ކުރާނެ އަސަރާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕެޑްނޭކަރު ވިދާޅުވީ “ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ބްލޫޕްރިންޓް އޮތީ ތައްޔާރަށް. ވެކްސިން ޑޯޒް ތަކަށް އަޅުގަނޑުމެން ވާނީ ޕްރޮވިޝަންތަކެއް ހަދާފައި. ހަފްތާއެއްގެ ތެރޭގައި އެކަމުގެ ތަފްސީލް ހާމަކުރާނަން.”
އަދި ޖޫރިމަނާތަކަށް ޑިޖިޓަލް ކޮށް ފައިސާ ދެއްކުމުގެ ހުއްދަ ދިނުމަށް ވެސް ބީއެމްސީން ދަނީ ރާވަމުންނެވެ. މާސްކު ޖޫރިމަނާ ނަގާތީ އިން ކުރާ މީހުންގެ ޝަކުވާ ބީއެމްސީގައި ވަނީގިނަ ވެފައެވެ.
މުމްބާއީގައި އަލަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕެޑްނޭކަރު ވިދާޅުވީ “މިރޭ 9:00 އިން ހެނދުނު 6:00 އަށް، 5 މީހުންނަށް ވުރެ ގިނަ މީހުން ތަންތަނުގައި ނުތިބެވޭނެ. އަޅުގަނޑުގެ އިލްތިމާސް އަކީ، ރައްޔިތުންނަށް ދަންނަވާލަން އޮތީ، ސަރުކާރުގެ އުސޫލަށް ޢަމަލު ކުރައްވާށޭ. އޯމައިކްރޯން އާ މެދު ޕެނިކް ނުވާށެވެ، ނަމަވެސް ސަމާލުވެ، ގަވައިދުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ.”
“އިތުރުވަމުންދާ ނުރައްކަލަށް ރިއާޔަތްކޮށް، ހުރިހާ ސްޓޭޓެއްގެ ޗީފް މިނިސްޓަރުން ވެސް އޯމައިކްރޯންއަށް ސަމާލުކަން ދެއްވައިގެން، މަހާރާޝްތްރާގެ ޗީފް މިނިސްޓަރު ގެންދަވަނީ ކެނޑިނޭޅި މިކަމަށް ފާރަވެރިވެ، ޓާސްކް ފޯސްއާ މަޝްވަރާ ކުރައްވަމުން،” ޕެޑްނޭކަރު އިތުރަށް ވިދާޅުވި އެވެ.




