ޚަބަރު

50 ކުންފުންޏަކުން ބައިވެރިވާ މެރިން އެކްސްޕޯ ފަށައިފި

ފަންސާސް ވިޔަފާރިއަކުން ބައިވެރިވާ މިއަހަރުގެ މެރިން އެކްސްޕޯ މިއަދު ފަށައިފިއެވެ.
މިއީ ކަނޑުދަތުރުފަތުރާއި ބޯޓުފަހަރާ ގުޅޭ ހުރިހާ އެއްޗަކާއި ކަމެއް އެއް ތަނަކުން ދައްކާލަން ބާއްވާ އެކްސްޕޯއެކެވެ. މި އަހަރުގެ ފެއާ އިންތިޒާމް ކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބޯޓިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ މެރިން އެކްސްޕޯގެ މި އަހަރުގެ ފެއާ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެމްޓީސީސީން މައި ސްޕޮންސަރުކަން ނަގާފައިވާ މި އެކްސްޕޯގައި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ 50 ވިޔަފާރިއަކުން ބައިވެރިވެ އެވެ. އެ ފަރާތްތަކުން، ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ބޭނުންކުރާ މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ހިއްސާކުރާނެ އެވެ.


އެކްސްޕޯގައި ބައިވެރިވެފައިވާ ބައެއް ކުންފުނިތަކުން، އެ ކުންފުނިތަކުން އަލަށް ބާޒާރަށް ނެރޭ ބައެއް އުފެއްދުންތައް ވެސް ދައްކާލާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ހަވީރު އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި މި ފެއާގައި ހުރި ސްޓޯލުތައް ބައްލަވާލައްވައިފަ އެވެ. މީގެ އިތުރުން ‘ލައިފް ޖެކެޓް، ވެއާ އިޓް’ގެ ނަމުގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close