ޚަބަރު

ސާފް ޗެމްޕިއަންޝިފް މިފަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.

މިވަގުތު ކުރިއަށްދާ ސާފް ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެއަށް ބިޑް ކާމިޔާބުވެއްޖެކަން ދަނީ މީޑިއާ ރިޕޯރޓުތަކުގައި ބުނަމުންނެވެ. އެގޮތުން މުބާރާތް ބާއްވަން ކަނޑައަޅާފައި އޮތް ތާރީހަކީ އޮކްޓޯބަރު 1 އިން 13 އަށް ކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީ އެވެ.

އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close