މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ގިނަދުވަސްތަކެއް ވެފައިވާ އަންހެނަކު ފެނިއްޖެ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ގިނަދުވަސްތަކެއް ވެފައިވާ ޒުވާން އަންހެނަކު ފެނިއްޖެއެވެ.
މަރުވެގެން، ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު މާލޭގެ ގެއެއްގެ ތެރެއިން ފެނިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، މާލޭގެ ގެއަކުން ކުނި ވަސް ދުވާތީ 2:33 ގައި ލިބުނު ރިޕޯޓަކާއި ގުޅިގެން ގޮސް ބެލި ބެލުމުން، މަރުވެގެން ގިނަ ދުވަސްވީ ޒުވާނަކު ފެނިފައިވާ ކަމަށެވެ.
ގަލޮޅަށް ނިސްބަތްޗާ ގެއަކުން މަރުވެފައި އޮއްވާ ފެނުނު އެ ޒުވާނާއަކީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
“ސީން ޕްރޮސެސްކޮށްބަލަން ޖެހޭ ބެލުންތައް ބަލަމުން މި އަންނަނީ” ފުލުހުން ބުންޏެއެވެ.
ފުލުހުން މިކަމާ ގުޅިގެން އިތުރު އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. އެމީހާ މަރުވެފައިވަނީ މީގެ ކިހާދުވަހެއް ކުރިން ކަމެއްވެސް ނޭންގެއެވެ.

