ޚަބަރު

ޢަލީ ރަމީޒްގެ ޓްވިޓަރ އެކައުންޓް ރިލީޒްކޮށްފި

ޢަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ސަސްޕެންޑް ކުރުމަށްފަހު ހަފްތާއަކަށްވުރެވެސް ގިނަދުވަސްވީ ފަހުން އަލުން އަނެއްކާ އެ އެކައުންޓް ރިލީޒްކޮށްފިއެވެ.

ޓްވިޓާއިން ޢަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ބްލޮކު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ޢަލީ ރަމީޒުގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑް ކުރީ ވަކި ކޮންސަބަބަކާ ހުރެކަމެއް ޓްވިޓަރއިން ހާމަކޮށްފައި ނުވާއިރު ޢަލީ ރަމީޒްވެސް ބުނީ، ސަސްޕެންޑް ކުރި ސަބަބެއް ނޭނގޭ ކަމަށާއި، އެހެންނަމަވެސް ސަސްޕެންޑް ކޮށްފައިވަނީ، ވަގުތީ ގޮތުން ކަމަށެވެ.

އެކައުންޓް ބްލޮކް ކުރިއިރު ޢަލީ ރަމީޒުގެ ޓްވިޓަރ އެކައުންޓް އިން ވަނީ އިސްރާއީލާއި ފަލަސްޠީނުގެ މައްސަލާގައި އިސްރާއީލާއި ދެކޮޅަށް ގިނަ ޓްވީޓުތަކެއް ކޮށްފައެވެ.

އަލީގެ ޓްވިޓަރ އެކައުންޓް އަނބުރާ ލިބުމުން މިއަދުވަނީ އޭނާ ޓްވީޓެއްކޮށްފައެވެ.

އަޅުގަނޑުގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑް ކުރުމުން، އެކައުންޓް އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތް ގޮތުން މަސައްކަތް ކޮށްދެއްވާފައިވޭ، މިކަމުގައި އެހީތެރިވެ ދެއްވި އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވަން. އަލީ މިއަދު ކުރިޓްވީޓްގައި ވެއެވެ.

އަލީ ރަމީޒަކީ ރާއްޖޭގެ ދީނީ މަޝްހޫރު ޖަމިއްޔާ ސަލަފްޖަމިއްޔާ ގެ އިސްމެމްބަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close