ޚަބަރު

ޑރ.ބިލާލް ފިލިޕްސް ގެ ޙާލުކޮޅު ބޮޑުވެ އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އޭނާގެ ރަސްމީ ޓްރިޓަރ އެކައުންތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ޑރ. ބިލާލް ފިލިޕްސް ހާލުކޮޅު ގޯސްވެގެން އުޅޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ އިއްޔެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

“އޭނާ އޮތީ އޮކްސިޖަން ސަޕޯޓްގައި،އަދި މިހާރު ހާލަތު ދަނީ ރަނގަޅު ވަމުން”. އެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވަނީ، އޭނާ މިއަދު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށްވެސް ބުނެފައެވެ. އަދި ހުރިހާ އެންމެންގެ ދުއާގާއި ޑރ. ބިލާލްގެ ނަން ހިމެނުއްވުމަށް އެ ޕޯސްޓުގައި އެދިފައި ވެއެވެ.

ޑރ. ބިލާލް ފިލިޕްސްއަކީ ދީނީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މީގެ ކުރިންވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފައެވެ. އަދި ދާދި ފަހުންވެސް ދީނީ ދަރުސް ދެއްވުމަށް އޭނާ ރާއްޖެ ގެންނަން ޔޫތް މިނިސްޓްރީން މަސައްކަތް ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close