އިތުރު 77 މީހުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އިތުރު 77 މީހުން ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެފްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ބަލިޖެހުނު 77 މީހުންގެ ތެރެއިން 56 ހަމީހުންނަކީ ދިވެހިންކަމަށާއި، 20 މީހުންނަކީ ބަނގްލާދޭޝް ރައްޔިތުންކަމަށާއި، އަދި އިންޑިޔާ އެކަކު ކަމަށެވެ.
މިއަދުގެ މިޢަދަދާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3252 އަށް އިތުރުވެފައި ވާކަމަށްވެސް އެފްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޮވިޑް 19 ގެ ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު ބަލިހުރިތޯ ދެނެގަތުމަށް މިހާތަނަށް ހަތްދިހަ އެއްހާހަށްވުރެގިނަ ސާމްޕަލްނަގާފައިވާއިރު މިބަލިޖެހުނު މީހުންގެތެރެއިން މިހާތަނަށް 2534 ރަނގަޅުވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

