ޚަބަރު

ޓީ.ކިޔު.އައި ޤުރްއާން މުބާރާތުގެ ރަންތަރިއަށް ހޮވޭ ދަރިވަރަށް ޢުމުރާ ދަތުރެެއް

ޓީ.ކިޔު.އައި ޤުރްއާން މުބާރާތުގެ ރަންތަރިއަށް ހޮވޭ ދަރިވަރަށް ޢުމުރާ ދަތުރެެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.

އެ އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ނޫނު މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހާރޫނު ޓީ.ކިޔު.އައި ގެ ދަރިވަރުންނަށް ދެއްވި އަގުބޮޑު ހަދިޔާއެއް ކަމަށެވެ.

އަދި މިކަމުގައި ޝާމިލުވާ ހިޖާޒު ޕްރައިވެޓް ލިމިޓެޑަށްވެސް ވަރަށްބޮޑު ޝުކުރެއްއަދާކޮށް އެދެފަރާތަށްވެސް ހެޔޮދުޢާކުރައްވާކަމަށް ޒިޔާދު ވިދާޅުވިއެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށްވެސް ވަރަށް ގިނަ އިނާމުތައް ކަނޑައެޅިފައިވާކަމަށާއި މުބާރާތުގެ އެކިއެކި ވަނަތަކަށް ޚާއްޞަ ޓްރޮފީތައްވެސް ދެވިގެންދާނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މި މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެވިފައިވާކަމަށާއި މުބާރާތުގެ ފަނޑިޔާރަކަށްވެސް 1 ބޭފުޅަކު މާލޭކޮޅުން ގެންނަވާނެކަމަށްވެސް ޒިޔާދުވިދާޅުވިއެވެ.

އަދި މިއީ ނޫނު ލަންދޫގެ ތާރީޚުގައިވެސް ޤުރްއާން މުބާރާތެއްގައި 1 ވަނައަށްދާ ފަރާތަކަށް މިހާބޮޑު އިނާމެއް ލިބިގެންދާ މުބާރާތްކަމަށާއި އެކަމަށްޓަކައި ވަރަށް އުފާކުރާކަމަށްވެސް ޢަލީ ޒިޔާދު ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަދުވަހު ފަށާ މި މުބާރާތުގައި އެ އިންސްޓިޓިއުޓުގެ 128 ދަރިވަރުން ކިޔަވާނެކަމަށް ނާރެސް އަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close