ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް އަންނަހަފްތާގައި ފާސްކުރެވޭނެ – ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު އަންނަ ހަފްތާގެ ތެރޭގައި ފާސްވެ، އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ   

ނަޝީދު ވަނީ އެ ކޮމިޝަންތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ނޫސްވެރިންނަށް މަޢުލޫމާތު އަރުވާފައެވެ، އެގޮތުން ނަޝީދު ވިދާޅުވީ އެ ކޮމިޝަންތަކުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރާ ކޮމިޝަނެކެވެ. ދެން އުފައްދާފައިވާ ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދަޢުލަތުން ގެއްލިފައިވާ ފައިސާއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close