ވިޔަފާރި

ދިރާގު ކަސްޓަމަރުންނަށް – ވައިބަރ ސްޓިކަރ ބޭނުން ވަރަކަށް، އެންމެ 19 ރުފިޔާއަށް!

ދިވެރާއްޖޭގެ މުވާޞަލަތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން ބޭނުންވަރަކަށް ޑައުންލޯޑް ކޮށްލއެވޭ ގޮތަށް ވައިބަރ ސްޓިކަރސެޓެއް ލޯންޗް ކޮށްފިއެވެ.

ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދީފައިވާއިރު ޕޭކުރަންޖެހެނީ މަހަކު އެންމެ 19 ރުފިޔާއެވެ.

މި ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކަރތައް ދިރާގު ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލައި ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި މާވެލް، ޑިސްނީ އަދި ކާޓޫންނެޓްވޯކް ގެ ސްޓިކާތައްވެސް ހިމެނޭނެއެވެ.

ދިރާގުން ބުނީ މިޚިދުމަތް ލިބޭނީ ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް ކަމަށާއި، ސަބްސްކްރައިބް ކޮށްލުމުން ކޮންމެ މަހަކުވެސް އޮޓޯއިން ސަބްސްކްރައިބްވާނެކަމަށެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އަންސަބްސްކްރައިބް ކޮށްލެވޭނެކަމަށްވެސް ދިރާގުން ބުނެއެވެ.

ޕްރިމިއަމް ވައިބަރ ސްޓިކަރގެ ޚިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ލިބިދެވޭ ޚިދުމަތަކަށްވާއިރު، އަންލިމިޓެޑް ވައިބަރ ސްޓިކަރގެ މި ޚިދުމަތާއިއެކު ޕްރިމިއަމް ސްޓިކަރޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ.

ވައިބަރ އަކީ ޢާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕެކެވެ. މި ތަޢާރަފްކުރެވުނު ޚިދުމަތާއިއެކު ވައިބަރގެ މަޤުބޫލު ސްޓިކަރތައް މެދުވެރިކޮށް ދެކެވޭ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.  

ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ލޯކަލް އަދި އިންޓަރނޭޝަނަލް ޕާރޓްނަރުންނާއި ގުޅިގެން ދިރާގުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް  ތިރީގައިވާ ލިންކަށް ކްލިކް ކޮށްލެއްވުމުން ވައިބަރގެ ސްޓިކަރ މާރކެޓުން ބޭނުން ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެވޭނެއެވެ.

ދިރާގު ސްޓިކާރ ސެޓް ސަބްސްކްރައިބް ކުރެއްވުމަށް މިލިންކަށް ކްލިކް ކޮށްލައްވާ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close