ވިޔަފާރި

50% އަގުހެޔޮ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން ފިކްސް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތައް 50 އިންސައްތަ އަގު ހެޔޮކޮށް ޚާއްޞަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ  އަލަށް ތައާރަފްކުރި މި ބޫސްޓާތަކަކީ ޕެކޭޖުގެ ފެއާ ޔޫސޭޖް އެލަވަންސް ހަމަވެ، ކަނެކްޝަން ލިމިޓް ވުމުން، ޕެޖޭޖްގެ ފުލް ސްޕީޑް އަލުން އެކްޓިވޭޓް ކޮށްދޭ ފީޗާ އެކެވެ.

މިޕްރޮމޯޝަންގައި އާންމު ކަސްޓަމަރުންނާއި ބިޒްނަސް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ. މިއަދު ހުޅުވާލި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ބޫސްޓާ ތަކުގެ އަގު

3 ޖީބީ – 15 ރުފިޔާ

8 ޖީބީ – 37.5 ރުފިޔާ

15 ޖީބީ – 65 ރުފިޔާ

30 ޖީބީ – 125 ރުފިޔާ

75 ޖީބީ – 300 ރުފިޔާ

100 ޖީބީ – 395 ރުފިޔާ

ބިޒްނަސް ޕެކޭޖުގެ އަގުތަކުގެ ތަފްސީލު:

15 ޖީބީ ބޫސްޓް – 125 ރުފިޔާ

30 ޖީބީ ބޫސްޓް – 200 ރުފިޔާ

60 ޖީބީ ބޫސްޓް – 375 ރުފިޔާ

115 ޖީބީ ބޫސްޓް – 500 ރުފިޔާ

230 ޖީބީ ބޫސްޓް – 750 ރުފިޔާ

މި ބޫސްޓާތައް އެކްޓިވޭޓް ކުރެވޭނީ ދިރާގު މޯބައިލް އެޕްލިކޭޝަނުންނާއި ވެބް ޕޯޓަލް މެދުވެރިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close