ޚަބަރު

އެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ދައުރުން ބޭރުން ބޭއްވި މި ޚާއްސަ ޖަލްސާގައި މި ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.

މި މަގާމަށް ޑރ. ރަމީލާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ. ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސް އައްޔަންކުރައްވަނީ، މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. ރަމީލާގެ އިތުރުން މިހާރު ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤާއި، ސަމާޢު އަޙްމަދު ނަޖީބާއި، އިސްމާއިލް ޙަބީބު އަދި އަޙްމަދު މަޤުސޫމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close