ޚަބަރު

ދިވެހިން ކަންބޮޑުވި ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާއަށް އަންގައިފި

ދިވެހި ދައުލަތާއި އިންޑިޔާ ސަރުކާރާއި ދެމެދު އެއްބަސްވެފައިވާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަންޑާސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުލް ހަލީލް ވިދާޅުވީ އެއްބަސްވުމުގައި ވާގޮތުން، އެއްބަސްވުން އުވާލަން ބޭނުންވެއްޖެ ނަމަ 6 މަހުގެ ނޯޓިސްއެއް ދޭން ޖެހޭ ކަމަށެވެ.

މިެސދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް އިތުރަށް ވިދާޅުވީ އެ ނޯޓިސް މިހާރު ދީފައިވާ ކަމަށާއި 24 ޖޫން 2024ގައި އެއްބަސްވުން އުވިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް ގާއިމްކުރީ 8 ޖޫން 2019 ގައެވެ. އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ.

މިއަދު މި އެއްބަސްވުން އުވާލުމަށް އިންޑީޔާއަށް ނޯޓިސްއެއް ފޮނުވިކަން އިޢުލާން ކޮށްފައިވާއިރު މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިއްމު ރިޔާސީ ވައުދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close