ޚަބަރު

މިނިވަން ދުވަސް ފާހަގަކުރާއިރު ކާބަފައިން ވި ގުރުބާނީގެ އަގު ވަޒަންކުރަންޖެހޭ: ޢަލީ ޙުސެއިން

މިނިވަން ދުވަސް ފާހަގަކުރާއިރު ކާބަފައިން ވި ގުރުބާނީގެ އަގު ވަޒަންކުރަންޖެހޭ: ޢަލީ ޙުސައިން

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، ކާބަފައިން ވި ގުރުބާނީގެ އަގު ވަޒަންކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ވިދާޅުވީ ބޭރުގެ ނުފޫޒުން މިނިވަންވެފައި ތިބިކަމުގެ އިހުސާސް އަޅުގަނޑުމެންނަށް ނުކުރެވޭކަމަށެވެ. އަދި މިނިވަންކަމަށް ގުރުބާންވުމަކީ ވަކި ޖީލަކަށް އޮތްކަމެއް ނޫންކަމަށާއި މިއީ ތާއަބަދު ކުރަންޖެހޭ މަސައްކަތެއްކަމަށް އަލީ ވިދާޅުވިއެވެ.

މެމްބަރު އަލީ މިފަދައިން ވިދާޅުވީ، “ދިވެހިންގެ ގައުމު ދިވެހިންނަށް” މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.

އަލީ ވިދާޅުވީ މިނިވަންކަމަކީ ކެރިފޯރުންތެރިކަން ކަމަށާއި މިނިވަންކަން ލިބުނު ޒަމާނާއި މިހާރު އަޅުގަނޑުމެން މިތިބަ ޒަމާނާ އެތައް ގޮތަކުން ތަފާތުކަމަށެވެ. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ކުރަމުންދާ ސުވާލަކި މި މިނިވަންކަން އަޅުގަނޑުމެންނަށް ލިބުނީ ކިހާ މިންވަރަކަށްތޯ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވަނީ މިނިވަންކަން ނެގެހެއްޓުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އަލީ ވަނީ ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް ފުރަތަމަ ކުރަންޖެހޭކަމަކީ ސަރަހައްދީ މިނިވަންކަން ކަށަވަރުކުރުންކަމަށާއި އެމިނިވަންކަމަށް ބުރޫއެރީ ކޮން އިރަކުތޯވެސް ބަލަންޖެހޭކަމަށް އަލީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close