ހަޤީޤީ ހާދިސާ

ކެޓްބޯއީ – އަނދިރީގައިވެސް ލޮލަށްފެންނަ ޗައިނާކުއްޖެއް.

އެއްވެސް އަލިކަމެއް ނުވާތަނެއްގައިވެސް އެކުއްޖެއްގެ ލޮލަށް ރީތިކޮށްފެންނަ ކުއްޖަކު ޗައިނާގައި އުފަންވެއްޖެއެވެ. 2009 ވަނައަހަރު އުފަންވި ” Nong Youhui” ނަމަކަށް ކިޔާ މިކުއްޖާ އަށް ގުދުރަތުން ލިބިފައިވާ ދެ ލޮލަކީ ބުޅަލެއްގެ ދެލޮލާ ހުރިހާ ގޮތަކުންވެސް ވަރަށް އެއްގޮތް ދެލޯކަމަށް މިކުއްޖާއާއި، ބެހޭގޮތުން އެކިއެކި ޓެސްޓްތައް ހެދި ޑޮކްޓަރުންވަނީ ހާމަކޮށްފައެވެ. އެގޮތުން އެކުއްޖާގެ ލޮލަށް އެއްވެސް އައްޔެއް އެޅިއްޖެނަމަ ބުޅަލެއްގެ ދެލޯ ދިއްލޭ ފަދައިން އަލި ރިފްލެކްޓްކޮށް ދިއްލިފައި ހުރެއެވެ. އަދި ލޮލުގެ ކުލަވެސް ގަދަ ނޫކުލައަށް ބަދަލުވުމާއި، ރޭގަނޑު ކަނުއަދިރީގައިވެސް ލިޔެފައި ހުންނަ އެއްޗެހި ކިޔަން ރީތިކޮށް އެނގުމާއި، އަނދިރީގައި ކުރިކެޓްބޯޅަ އެއް އެކުއްޖާއާއި، ދިމާއަށް އެއްލުމުން އުނދަގުލަކާ ނުލައި ހިފުމުގެ ކުޅަދާނަކަން ލިބިފައިވުން ހިމެނެއެވެ.

މިކަން ފުރަތަމަ މިކުއްޖާގެ ފަރާތުން ފާހަގަކުރެވުނީ އެކުއްޖާގެ ޓީޗަރަށް ކަމަށްވެއެވެ. މަދަރުސާގައި އެހެންކުދިންނާއެކު ކުޅިވަރެއްގައި އުޅުނު އުޅުމުގެ ތެރޭގައި އެހެންކުއްޖަކު އެކަމުގެ ވާހަކަދެއްކުމުން ޓީޗަރަށް އެކަން ފާހަގަކުރެވިގެން އެކުއްޖާއާއި، ސުވާލުތައް ކުރަން ފެށީކަމަށްވެއެވެ.

ގިނަ މެޑިކަލް ޑޮކްޓަރުން ލަފާކުރާގޮތުގައި މިކުއްޖާއަށް މިބަދަލުއައިސްފައިވަނީ މިކުއްޖާ އުފަންވުމުގެ ތެރޭގައި ދިމާވި މައްސަލަ ތަކެއްގެ ސަބަބުންނެވެ. އަދި މިކުއްޖާ ބޮޑުވަމުން ދިޔަވަރަކަށް މިކަން ރަގަޅުވަމުން އަންނާނެކަމަށްވެސް ޑޮކްޓަރުން ލަފާދީފައިވެއެވެ.

މަސްދަރު: އޮޑިޓަރީސެންޓްރަލް

އެއް ކޮމެންޓް

  1. ﷲގެ ކުޅަދުންވަންތަކަން ދޯ!!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *