ޚަބަރު

ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅުގައި ހެދުން އޮޅި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅުގައި ހެދުން އޮޅި ގެން އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބްރިޖް މަތިން މާލެ އިން ހުޅުމާލެއަށަދާ ލޭނުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން އަންހެނެއްގެ ހެދުން ސައިކަލު ފުރޮޅުގައި އޮޅި ސައިކަލު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:06 ގައި ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް ފަހަތުގައި ހުރި ސައިކަލެއްގައި އިން އަންހެނެއް ސިއްސައިގެން ގޮސް ވެއްޓި އޭނާއަށް އަނިޔާވެފައިވާ ކަމަށާއި އެއީ 27 އަހަރުގެ އަންހެނެއް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close