ބޭރުދުނިޔެ

ބޮލީވުޑްގެ އެކްޓަރ ކަމާލު އާރު ޚާން ހައްޔަރުކޮށްފި

މުމްބާއީ (މަހާރާޝްތުރާ) [އިންޑިއާ] އޮގަސްޓް 30 (އޭއެންއައި): ކޭއާރުކޭގެ ނަމުން މަޝްހޫރު އެކްޓަރު ކަމާލް އާރް ޚާން ނުވަތަ ކަމާލު ރާޝިދު ޚާން މަލާދު ޕޮލިހުން މިއަދު (އަންގާރަ ދުވަހު)ގެ ހެނދުނު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ކޭއާރުކޭ ހައްޔަރުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު ސޯޝަލް މީޑިއާގައި ކޮށްފައިވާ މައްސަލަ ބޮޑު ޕޯސްޓެއްގެ ސަބަބުންނެވެ.

އެ މައުލޫމާތުގައިވާ ގޮތުން ޚާން އަންގާރަ ދުވަހު މުމްބާއީ އެއާޕޯޓަށް ފޭބުމާއެކު ފުލުހުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ޚާން މިއަދު މުމްބާއީގެ ބޮރިވަލީ ކޯޓަށް ހާޒިރު ކުރާނެ އެވެ.

ކަމާލް ރަޝީދު ޚާން އަކީ އިންޑިއާގެ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ އިތުރުން ލިޔުންތެރިއެކެވެ. އޭނާ 2009 ވަނަ އަހަރު ރިއަލިޓީ ޝޯ، ބިގް ބޮސްގައި ބައިވެރިވިއިރު، ޚާން ވަނީ އޭނާގެ ކެރިއަރުގައި އެއް ފިލްމެއް ކަމަށްވާ “ދޭޝްދްރޯހީ” ވެސް ޕްރޮޑިއުސްކޮށްފަ އެވެ.

(އޭއެންއައި)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close