ޚަބަރު

އަލަމްގިރި މަޅީގައި ޖެހުނު ސިފައިންގެ ބޭކަލެއްގެ ވީޑިއޯ މިރޭ ލީކްވެއްޖެ

ދިވެހިފިރިހެނުންގެ 250 ށްވުރެ ގިނަމީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި ޖެހިމަޅީގައި ޖެހުނު ސިފައިންގެ ބޭކަލަކު ފެންނަ ވީޑިއޯއެއް މިރޭ ސޯޝަލް މީޑިއާއަށް ލީކްކޮށްލައިފިއެވެ.

އަލަމްގިރި އެންމެނާއި ވެސް އެއްޖިންސުން ގުޅުން ހިންގި ކޮޓަރިއަށް ސިފައިންގެ މީހާ ވަދެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ވީޑިއޯ ދައުރުވަމުންދާއިރު ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ވީޑިއޯ އިން ފެންނަ ސިފައިންގެ މީހަކީ މެރިން ކޮޕްސްގައި މަސައްކަތް ކުރާ ހުސެއިން ރިފާއު އިބްރާހިމް އަހްމަދު ކަމަށް ބެލެވޭ މީހެކެވެ. އޭނާ އަކީ ފުވައްމުލަކަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ.

ހުސެއިން ރިފާއުގެ ވީޑިއޯ ލީކްވިއިރު އޭނާ ވީޑިއޯ އިން ފެންނަ ކަމުގެ މައުލޫމާތު ފުލުހުން ވަނީ އެމްއެންޑީއެފްއަށް ކުރިން ދީފައެވެ. އެމައުލޫމާތު އެމްއެންޑީއެފް އަށް ދިނުމުން އޭނާ މިހާރު ހުރީ ސަސްޕެންޑް ކޮށްފައި ކަމަށް ވެއެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ސިފައިންގެ މީހަކު ސަސްޕެންޑް ނުކުރާކަމަށް މިއަދު ހެނދުނު ވިދާޅުވެފައެވެ.

އަލަމްގިރި އާއި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފާއިތުވި ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އަދި މިއަދު ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.

އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރާކަމަށް ވެއެވެ. ނަމަވެސް އޭގެތެރެއިން އަދި ހައްޔަރު ކުރީ ތިން މީހެކެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެ. އެމީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ. ނަމަވެސް ނަސީރަކީ އަލަމްގިރި މައްސަލަ އާއި ގުޅުން އޮތް މީހެއް ނޫން ކަމަށް ވެއެވެ.

އަލަމްގިރި ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރީ ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ތުހުމަތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close