ބޭރުދުނިޔެ

ކޮސޯވޯގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ރަޝިޔާއިން އިންޒާރެއް

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަބާގާ އާދީއްތަ ދުވަހު ވިދާޅުވީ، ޕްރިސްޓީނާގައި އޮންނަ ސަރުކާރާއި، ބްރަސަލްސްއާއި ވޮޝިންޓަންގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެމީހުންގެ ވަސްވާސްތައް ހުއްޓުވައި، ކޮސޯވޯގައި ތިބި ނަސްލީ ސާރބުންގެ ހައްގުތަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.

ސާބިއާގެ ސިފައިން ހައި އެލާޓަށް ގެނައީ، އަލްބޭނިއާ ދަރިކޮޅުގެ ފުލުހުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ކޮސޯވޯގެ އުތުރުގެ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދީފައިވަނީ، ސާރބް ލައިސަންސް ޕްލޭޓްތަކާއި، އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްތައް މަނާކުރުމަށް ފުލުހުންގެ އޮޕަރޭޝަނެއް ބޮޑުވަޒީރު އަލްބިން ކުރްތީ އިޢްލާން ކުރެއްވުމާ ގުޅިގެންނެވެ. ކުރްތީ ވަނީ މިއީ އޭނާގެ ސަރުކާރުން ދަޢުވާކުރާ ހުރިހާ ބިމެއްގައި ހަމަހަމަ އިންސާފާއި ޤާނޫނުގެ ވާހަކަކަމަށް ތުހުމަތުކޮށްފައެވެ.

ޕްރިސްޓީނާގެ ނިންމުމަކީ ވަރަށް ނާތަހުޒީބު އަދި ތަފާތުކުރުމެއް، އަދި އެމީހުންގެ އަމިއްލަ ލިޔެކިޔުންތައް މަޖުބޫރުން ބަދަލުކުރުމަކީ “ކޮސޯވޯއިން ސާރބުގެ ރައްޔިތުން ބޭރުކޮށް، އަދި ޕްރިސްޓީނާގައި ތިބި ހަރުކަށި ފިކުރުގެ މީހުންގެ އާދަޔާ ޚިލާފު ވަހުމްތަކުން ސާބިއާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ކޮސޯވޯ ގެ ސާރބް އިންސްޓިޓިއުޝަންތަކުން ވެސް ބޭރުކޮށްލުމަށް އެޅުނު އިތުރު ފިޔަވަޅެއް،” ޒަކަބާގާ ވިދާޅުވި އެވެ.

ޒަކަބާގާ އިތުރަށް ވިދާޅުވީ، ކަރްތީ ހަމަލާތައް ދެމުންދަނީ، ކޮސޯވޯގައި ތިބި ސާރބުންނާ ދެކޮޅަށް އެކަނި ނޫން ކަމަށާއި، ބެލްގްރޭޑާ ދެކޮޅަށް ވެސް ހަތިޔާރު އެޅި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށިދާނެ ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ރަޝިޔާއިން ގޮވާލަނީ “ޕްރިސްޓީނާއާއި އެމެރިކާ އާއި އީޔޫގެ ފަހަތުގައި ވާ ވަސްވާސްތައް ހުއްޓާލުމަށާއި ކޮސޯވޯގައި ތިބި ސާރބުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށް” ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސާބިއާގެ ރައީސް އެލެގްޒެންޑާރު ވުސިޗް ވިދާޅުވީ އޭނާގެ ގައުމު ” އޮތީ އެއަށް ވުރެ ކޮމްޕްލެކްސް އަދި އުނދަގޫ ހާލަތެއްގައި ނޫން” ކަމަށާއި ޕްރިސްޓީނާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ އަނިޔާލިބޭ ބައެއްގެ ގޮތުގައި އަމިއްލަ އަށް ދައްކައިގެން ދުނިޔޭގެ މިހާރުގެ ހާލަތުގެ ބޭނުން ހިފައި ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close