ރެސިޕީ

ރެސިޕީ: ސްޕެގެޓީ

ސްޕެގެޓީއަކީވެސް ތަފާތު ރެސިޕީ ތަކުގައި އެކިރަހައިގައި އެކިމީހުންނަށް ވަރަށްމީރު ޑިޝް އެކެވެ. އެކި ރަހަތައް ލައްވާލުމަށް އަޅާ ބާވަތްތައް ތަފާތުކުރަންޖެހޭ ފަދައިން ތައްޔާރުކުރާގޮތްވެސް ބައެއް ފަހަރަށް ވަރަށް ބޮޑަށް ތަފާތެވެ. މިފަހަރު ނާރެސް ރެސިޕީގެ ތެރެއިން މިގެނެސްދެނީ ތަފާތު ރަހައެއްގައި ސްޕެގެޓީ ތައްޔާރުކޮށްލާނެ ގޮތެކެވެ.

ބޭނުންވާތަކެތި:

1 ޕެކެޓް ސްޕެގަޓީ
200 ގ. ގްރާމް މުގުރި ބީފް
3 ފިޔާ ބޮޑު
4 ލޮނުމެދު
ތެޔޮފޮދެއް
ހިކަނދިފަތްކޯޅިއެއް
3 ގ. ރޯމެރީ ލިވްސް
1 ދަޅު ޓޮމާޓޯ ( ޕީލްޑް މެދު )
3 ދަޅު ޓޮމާޓޯ ޕޭސްޓް ކުޑަ
ކުޅިރަހަލާވަރަށް ހިކިމިރުސް

ތައްޔާރުކުރާނެގޮތް:

ފިޔާ ، ލޮނުމެދު ކޮށާފައި ތެޔޮފޮދުގައި ރަތްކުރާށެވެ. ދެން ހިކަނދިފަތާއި ރޯސްމެރީލިވްސް އަޅާށެވެ. އެއަށްފަހު މިރުސް އަޅާފައި މުގުރި ބީފް އަޅާށެވެ. ބީފްކޮޅު ރޯފިލުމުން ޓޮމާޓޯ ޕީލްޑް ދަޅު ކަނޑާފައި ޗަސްކޮށްފައި އަޅާށެވެ. ދެންކުލަ ހިފާވަރަށް ޓޮމާޓޯ ޕޭސްޓް އަޅާށެވެ. އޭގެ ފަހުގައި ލޮނުހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ.
ދެން އޭގެ ފަހުގައި ސްޕެގެޓީ ފެނުކައްކައި މަޑުވީމާ ފެންގަނޑު ހުސްކޮށްފައި ސޯސްގަނޑު ތެރެއަށް އަޅާ މިކްސް ކޮށްލާށެވެ.
މިހާރު އެހުރީ ސްޕަގަޓީ ބޮލޮގްނީޒް ތައްޔާރުކޮށްލެވިފައެވެ. ވަރަށް މީރުވާނެކަމަށް އުންމީދުކުރަމެވެ. އަޖުމަ ބައްލަވާލައްވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close