ބޭރުދުނިޔެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ – ޚުލާޞާކޮށް
- ރަޝިއާގެ ތެޔޮ އެމެރިކާއިން މަނާކުރިކަން ބައިޑަން އިއުލާން ކުރައްވައިފިއެވެ.
- ރަޝިޔާގެ ތެލާއި އެނޫންވެސް ހަކަތަ އެތެރެކުރުން މަނާކުރަން އެމެރިކާއިން ނިންމައިފިއެވެ.
- ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެރިރަށް ކިޔޭވް އާއި އުތުރު އިރުމަތީ ސުމީގެ ކައިރީގައިވާ އިރްޕިން ގެ ހިސާރުކޮށްފައިވާ ސަރަހައްދުތަކުން އާންމުން ހުސްކުރަމުން އެބަދެއެވެ.
- ރަޝިޔާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އިޢްލާންކޮށް، އިންސާނީ އިތުރު އެހީއަށް މަގުތައް ހުޅުވާފައިވާކަމަށް ހާމަކޮށްފައެވެ.
- މޮސްކޯއިން ބުނެފައިވަނީ، އެކަހެރިކޮށްފައިވާ މީހުންނަށް ޔޫކްރެއިންގެ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ، ރަޝިޔާއާއި ބެލަރޫސްއަށް އެކަނި ކަމަށެވެ.
- ރަޝިޔާގެ ޙަމަލާއިން ސަލާމަތްވުމަށް ފިލައިގެން ދާ މީހުންގެ ޢަދަދު ދެ މިލިއަނަށް އަރާކަމަށް އދގެ ރެފިއުޖީ ޗީފް ވިދާޅުވެއްޖެއެވެ.
- ހުޅަނގުގެ ބާރުތަކުން ރަޝިޔާގެ ތެޔޮ މަނާކުރުމަށް ބާރުއަޅަމުންދާއިރު، މޮސްކޯއިން ޖަރުމަނަށް އަޅާފައިވާ ގޭސް ހޮޅިއެއް ބަންދުކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
- އިނގިރޭސިވިލާތުގެ ތެލުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޝެލް އިން ރަޝިއާގެ ސާފު ނުކުރާ ތެޔޮ ގަތުން ހުއްޓާލައި އެ ގައުމުގެ ހައިޑްރޯކާބަންގެ ތެރެއަށް ވަނުން ހުއްޓާލަން އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.



