ޚަބަރު

އަދާލަތު ޕާޓީން ތާޢިދު ކުރާނީ އެމް.ޑީ.ޕީ ކެނޑިޑޭޓަށް – ޢަދާލަތު

އަދާލަތު ޕާޓިގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑީޑުންގެ ތެރެއިން ތާޢީދުކުރާނީ ކޮން ކެނޑިޑޭޓަކަށްތޯ ނިންމުމަށް މިއަދު ބޭއްވި އެ ޕާޓީގެ 3 ވަނަ ދައުރުގެ 10 ވަނަ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ޕާޓިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓިން އެގޮތަށް ތާޢިދުކޮށްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހުގައި ދީނީ ގޮތުންވެސް އެދިލެއްވި ކޮންމެ ކަމެއްގައި އެއްބާރުލުން ލިބޭތީ ކަމަށާއި ޤައުމަށް ދިމާވި ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ހިތްވަރާއިއެކު މަސައްކަތްކޮށް ޤައުމުގެ އިޤްތިޞާދު ހަރުދަނާކަންމަތީ ހިންގަވާތީ ކަމަށާއި މާރާމާރީ އާއި ގޭންގުތައް ހުއްޓުވުމަށް ބޮޑަތި މަސައްކަތްތަކެއް ކުރައްވަމުންދާތީކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާތި އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ.

އަދި މިވަގުތު އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްބާރުލުން ދިނުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު އޮތްގޮތް ކަމުގައި ދެކޭތީ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދާލަތުން މިގޮތަށް ބަޔާން ނެރުނު އިރު، އަދާލަތު ޕާޓީގެ ޢިލްމުވެރިޔާ ޝައިޚް ޒައިދުވަނީ އެމް.ޑީ.ޕީ އަށް މި އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލައިފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close