24 މޭ 2022
އަންގާރަ
މިއަދު

ކުޅުދުއްފުށީގައި މިވަގުތު ކޮވިޑްގެ 115 އެކްޓިވް ކޭސް

އިއްޔެ ކުޅުދުއްފުށިން އިތުރު 33 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 115 އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ އަދަދުތައް މަތިވަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހުވެސް 12 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިހާތަނަށް ރޭންޑަމް 26 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައިވާއިރު އަލާމާތައް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި 23 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކޭސްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 66 މީހަކުވެސް ޕޮޒިޓިވްވެފައިވާއިރު އިއްޔެ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޭސްތަކާއި ގުޅިގެން މިހާތަނަށް 21 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު 36 މީހަކު ވަނީ ކަރަންޓީން ކޮށްފައިކަމަށް