ދީން

ނަމާދުކޮށް ނިމިގެން ޒިކުރުތަސްބީހަ ކިޔާފަ ކިޔާ ދުއާ ކިޔާނީ އަތް މައްޗައް ނުނަގާތޯ؟

ސުވާލު:

 ނަމާދުކޮށް ނިމިގެން ޒިކުރުތަސްބީހަ ކިޔާފަ ކިޔާ ދުއާ ކިޔާނީ އަތް މައްޗައް ނުނަގާތޯ؟

ގުޅުންހުރި ލިޔުންތައް

—

ޖަވާބު:

 ޛިކްރުތަސްބީޙަ ކިޔުމަށް ފަހު ކިޔުމަށް އޮންނަ ޚާއްސަ ދުޢާއެއް ވާރިދުފެފައެއް ނުވެއެވެ. ނަމަވެސް އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެއެވެ.

ފަރުޟު އަދި ސުންނަތް ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރުން ދަންނައެވެ. ޢިލްމުވެރިންގެ ފަތުވާތަކަށް ބަލާއިރު ރަސޫލުﷲ ﷺއަރިހުން އެކަލޭގެފާނު ފަރުޟު ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރެއްވިކަމަށް ޞައްޙަ ދަލީލެއް އައިސްފައި ނެތްކަމުން، އެކަން އެގޮތަށް ކުރުން ރަނގަޅު ނޫން ކަމަށް ފަތުވާދެއްވާފައިވެއެވެ.

ދުޢާކުރާއިރު ދެއަތް އުފުލުން ވާރިދުވެފައި ނުވާ ބައެއް ޙާލަތްތައް:

1- ފަރުޟު ފަސްނަމާދުގެ ތެރޭގައި އަދި ފަހުގައި ދުޢާކުރާ ނަމަ

2- ބަންގިއަށް ފަހު ބަންގި ދުޢާ ކިޔާ ހިނދު

3- ވުޟޫ ދުޢާ ކިޔާ ހިނދު

4- ހެނދުނާ ހަވީރުގެ ދުޢާތައް ކިޔާއިރު

ޖަވާބު ދެއްވީ:

الشيخ محمد شافع

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close