ޚަބަރު

ގިވްއަވޭ އަކުން 1 މިލިއަން ޑޮލަރުގެ އަގުހުރި ގެއެއް ކާމިޔާބުކޮށްފި

ސިންގަޕޫރު: “ސިންގަޕޫރުގެ އެންމެ ބޮޑު 11.11 ގިވްއަވޭ” ގެ ނަމުން ނަންދީފައިވާ ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވުނު ފަރާތަށް އިނާމަކަށް ދީފައިވަނީ 1 މިލިއަން ޑޮލަރުގެ އަގުހުރި ކޮންޑޮމީނިއަމް ޔުނިޓެކެވެ.

އުމުރުން 70 އަހަރުގެ މިސްޓަރ ޗޯ މެންގް ޗެންގް، ކާމިޔާބު ހޯދި “ގޯލްޑަން ކީ” އެއްކުރީ ހަމައެކަނި އެލޯވެރާ ޖެލް އާއި ނާސީ ލެމަކްގެ ޑިޖިޓަލް ވައުޗަރެއް ހޭދަކޮށް، އިން-އެޕް ގޭމެއް ކުޅުމަށް ފަހު ކަމަށް ލަޒާދާ ގްރޫޕުން ބުނެފައިވެއެވެ.

“ރިޓަޔާ ކުރުމުގެ ކުރިން މިސްޓަރ ޗޯ އަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ހޮކަރއެއް ކަމަށާއި، އޭނާ ދިރިއުޅުމަށް ކުރި މަސައްކަތަކީ ފިޝް ނޫޑްލްސް ސޫޕް ވިއްކުން ކަމަށް ބުންޏެވެ.

މިސްޓަރ ޗޯ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ މިފަދަ އިނާމެއް ލިބިދާނެކަމަކަށް އުންމީދެއް ނުކުރެއެވެ.

“މޮޅުވުމުގެ އުފާވެރި ހަބަރު އަދިވެސް މުޅިން ޤަބޫލެއް ނުކުރެވޭ، އަސްލު އަހަރެން ހީކުރީ ލަޒާދާގެ ޓީމުން އަހަންނަށް މި ސަޕްރައިޒް ދިނީމަ އެއީ ސްކޭމެއް ކަމަށް،” މިސްޓާ ޗޯ ބުނެފައިވެ އެވެ.

“އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް މި ފަދަ ނަސީބެއް ނުލިބޭ. އުންމީދެއްވެސް ނުކުރަން ލަޒާދާގެ ކަސްޓަމާ ސާވިސް ޓީމުން އަހަންނަށް މިހާރު މި އިނާމު ލިބިއްޖެކަން ވަނީ ކަށަވަރު ކޮށްދީފަ. އަހަރެން ނަކީ ހަމަ ހަގީގަތުގައި ވެސް ކާމިޔާބު މީހެއްކަން މިހާރު މިޔަގީން ކުރެވުނީ.”

ގިވްއަވޭގެ ކޯ ސްޕޮންސަރ ޕްރޮޕްނެކްސް ރިއަލްޓީގެ ސީ.އީ.އޯ އިސްމާޢީލް ގަފޫރު ވަނީ މިސްޓަރ ޗޯގެ އާ ގޭގެ ކުޑަ ތަފްޞީލެއް ދީފައެވެ.

“1،000،000 އެމެރިކާ ޑޮލަރުގެ ނޯމަންޓަން ޕާކް ކޮންޑޮމީނިއަމްގެ ކޯ ސްޕޮންސަރަކަށް ވުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، މި ބޮޑު އިނާމު ހޯއްދެވި މިސްޓަރ ޗޯ އާއި އާއިލާއަށް މަރުހަބާ ދަންނަވަން،” އޭނާ ވިދާޅުވި އެވެ.

“މި ޕްރޮޕަޓީގައި ކޯވް ޕޫލާއި 110 ލައިފްސްޓައިލް ފެސިލިޓީގެ އަންބްލޮކް ޑްވާފް ފެންނަ ގޮތަށް ފުޅާ ދާއިރާއެއްގައި ލޭންޑްސްކޭޕިން ހަދާފައި ވޭ، 680،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއްގައި މިހިތްގައިމު ގެ ހުންނާނީ. އޭނާ ތަފްޞީލް ކޮށްދިނެވެ.

ބޮޑެތި ކުންފުނިތަކުން ބާއްވާ މިފަދަ ގިވްއަވޭތަކުން މީގެ ކުރިންވެސް ވަރަށް އަގުހުރި އިނާމްތައް އެކި ފަރާތްތަކަށް ލިބިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close