މުނިފޫހި

އަމީތާބް ބައްޗަން 52 އަހަރު ބޮލީވުޑްގައި، މިއަދަކީ އަހަރީ ދުވަސް

ނިއު ދިއްލީ: އަމީތާބް ބައްޗަން ގެ ތައާރަފެއް ބޭނުމެއް ނުވާނެއެވެ. އޭނާއަކީ ބޮލީވުޑްގައި އެފަދަ ދެވަނައެއް ނެތް ފަދަ މަސައްކަތެއްގެ ކޮށްފައިވާ ގިނަބައެއްގެ ސަޕޯޓް ހޯދާފައިވާ ފަންނާނެކެވެ.  ހިންދީ ސިނަމާގައި އަމީތާބު ހޯދާފައިވާ މަޤާމަކީ އެއްވެސް އެހެން އެކްޓަރަކަށް މީގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ހޯދިފައި ނުވާފަދަ މަޤާމެކެވެ.

2021 ނޮވެމްބަރ، އާދީއްތަ ދުވަހަކީ މި އެކްޓަރު ސިނަމާއަށް ނުކުތްތާ 52 އަހަރު ފުރުނު ހަނދާނީ ދުވަހެވެ.  އޭނާގެ ފުރަތަމަ ފިލްމުގެ ބައެއް ހަނދާންތައް ފޭނުންނަށްވަނީ މިއަދު އޭނާ ހިއްސާކޮށްފައެވެ. މީގެ 52 އަހަރު ކުރިން ރިލީޒްކުރި އޭނާގެ ފުރަތަމަ ފިލްމު “ސާތު ހިންދުސްތާނީ” ގެ ތްރޯބެކް ފޮޓޯތަކެއްގެ ވަނީ ހިއްސާކޮށްފައެވެ. ފޮޓޯތައް ހިއްސާކުރަމުން އަމީތާބް ބައްޗަން ލިޔެފައިވާ ގޮތުގައި ” 15 ފެބްރުވަރީ 1969 ގައި އޭނާގެ ފުރަތަމަ ފިލްމު “ސާތު ހިންދުސްތާނީ” ގައި ސޮއިކޮށް، 7 ނޮވެމްބަރ 1969 ގައި ރިލީޒް ކުރެވުނެވެ. އޭގެ ފަހުން މިއަދަށް މިވީ  52 އަހަރެވެ.

ޓްވިޓަރގައި އަމީތާބުގެ ރަސްމީ އެކައުންޓުން ހިއްސާ ކޮށްފައިވާ ދެ ފޮޓޯގެ ތެރެއިން ފުރަތަމަ ފޮޓޯގައި ޒުވާން އަމީތާބް ބައްޗަން ގެ މޫނުމަތިން ފެންނަމުން ދަނީ ވަރަށް ވެސް ހިތްގައިމު ހިޔާލުތަކެކެވެ. ދެވަނަ ފޮޓޯގައި އޭނާ ފެންނަނީ ސާތު ހިންދުސްތާނީގެ ސްޓެލަރ ކާސްޓާއެކު، މި ފިލްމުން އަދިވެސް ފެންނަން ހުރި މަންޒަރުތަކުންނެވެ. މި ފޮޓޯގައި މަދޫ، އުޓްޕާލް ދައްތާ އަދި ޖަލާލް އާޣާ ފަދަ ތަޖުރިބާކާރު އެކްޓަރުން ހިމެނެ އެވެ.

އަމީތާބް ބައްޗަން އަކީ އަބަދުވެސް ސަޕޯޓަރުންނާ ތްރޯބެކް ފޮޓޯތައް ޝެއާ ކުރާ އިރު ދީލަތި މީހެކެވެ. ދިވާލީގެ މުނާސަބަތުގައި އޭނާވަނީ އޭނާގެ އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝޭކް ބައްޗަން އަދި އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން އާ އެކު އާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

މި ރީތި ފޮޓޯއާއެކު އޭނާ ވަނީ މީގެ އެތައް ޒަމާނެއް ކުރިން އެއް ގޮނޑީގައި އިށީނދެގެން ތިބި ހަތަރު މީހުންގެ ވިންޓޭޖް ތްރޯބެކް ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. ތްރޯބެކް ފޮޓޯގައި ޝްވޭތާ އަމީތާބް ބައްޗަންގެ ކޮނޑުގައި ބޯ އަޅާލައިގެން އިންއިރު، އަބީޝޭކް ޖަޔާ ބައްޗަންގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުއްޓެވެ. 

އަމީތާބް ބައްޗަން އަކީ ލެޖެންޑަރީ ހިންދީ ޅެންވެރިޔާ ހަރިވާންޝް ރާއީ ބައްޗަން އާއި ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ ތިޖީ ބައްޗަންގެ ދަރިއެކެވެ.

އޭނާގެ ފަސް އަހަރުވީ ދިގު ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޒަންޖީރް، ދޭވާރް، ޝޯލޭ، އަބިމަން، ނަމަކް ހަރާމް، ބްލެކް އަދި ޕާ ހިމެނެ އެވެ.

އަމީތާބު އެންމެ ފަހުން ޗެހްރޭ އިން ފެނިގެން ގޮސްފައިވާއިރު، އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޖުންދު، ބްރަހްމަޝްތުރާ، މޭޑޭ، ގުޑް ބައި އަދި އުނުޗައި ހިމެނެ އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close