ޚަބަރު

ނ.ލަންދޫ ސްކޫލާއި، ގއ.އަތޮޅު މަދަރުސާގައި މަލްޓި ޕަރޕަސް ހޯލް އިމާރާތް ކޮށްދޭނޭ ބަޔަކު ހޯދަނީ

ނ.ލަންދޫ ސްކޫލުގައި 4 ކްލާސްރޫމު އިމާރާތްކުރުމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތާއި އަދި ގއ. ކޮލަމާފުށި އަތޮޅު މަދަރުސާގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާންގައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ނ.ލަންދޫ ސްކޫލްގައި 4 ކްލާސްރޫމް ހިމެނޭ ޢިމާރާތަކާއި، މަލްޓިޕާރޕަސް ހޯލް ޢިމާރާތެއް ކުރުމަށާއި، ގއ.އަތޮޅު މަދަރުސާގައި މަލްޓި ޕާރޕަސް ހޯލް ޢިމާރާތެއް ކޮށްދިނުމަށް ޝަޢުޤުވެރިވާ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފާ ވާއިރު ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް އިޢުލާންގައިވެއެވެ.

މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތްތަކާއިބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން  2 ނޮވެންބަރު 2021ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އިޢުލާންގައިވެއެވެ.

މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close