އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ މީހަކު ދަނގެތީން ފެނިއްޖެ
އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ މީހަކު އދ.ދަނގެތީގައި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
ދަނގެތީ ކައުންސިލުން ވިދާޅުވީ މަރާލާފައި އޮއްވާއި ފެނުނީ އެރަށު މީހެއްކަމަށްވާ ޢުމުރުން 57އަހަރުގެ މަޙްމޫދު އަބޫބަކުރު ކަމަށެވެ. މަރާލައި ވަޅަށް އެއްލާފައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ބޯކޮޅާއި ފައިކޮޅުގައި ވަނީ ގޯނިއޮޅައި ބަނދެފައެވެ.
މަޙްމޫދު އަބޫބަކުރުގެ ޚަބަރެއްނުވެގެން އޭނާގެ ޢާއިލާއިން ވަނީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރު ދަނގެތީ ކައުންސިލަށާއި ފުލުހުންނަށްވެސް ރިޕޯޓްކޮށްފައި ކަމަށް ދަނގެތީ ކައުންސިލުން ވިދާޅުވެއެވެ.
މަޙްމޫދު އަބޫބަކުރުގެ ޢާއިލާއާ ހަވާލާދީ ދަނގެތީ ކައުންސިލުން ވިދާޅުވީ އޭނާ ގެއިން ނުކުމެފައިވަނީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރޭ ޤައުމީޓީމު ކުޅުނު މެޗު ބެލުމަށްފަހުކަމަށެވެ. އޭގެފަހުން މިއަދު ހެނދުނާހަމައަށްވެސް އެމީހާގެ އެއްވެސް ޚަބަރެއް ނުވުމުން އާއިލާއިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެއާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.
މަރާލައި އެއްލާލާފައި އޮއްވައި އޭނާ ފެނުނީ މިއަދު މެންދުރު ފަހު 14:45 އެހައިކަންހާއިރު ކަމަށް ދަނގެތީ ކައުންސިލުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ ބަލަންޖެހޭ ކަންކަން ބެލުމުގައި ޙަރަކާތްތެރިވަމުންނެވެ. އަދި މިހާތަނަށް މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލައިގެ ތުހުމަތުގައި އެރަށުގެ ރައްޔިތުން 2 މީހަކު ފުލުހުންނާ ހަވާލުކުރާ މަންޒަރުކަމަށް ބުނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރު ބަލައި ތަޙްޤީޤުކުރަމުންދާކަމަށެވެ.

Komme nikamethi meehaku maraaleema konme marehves varahseeriyas koh balaavaahaka fuluhun bunanee ekamaku komme mibaavathuge mahsalaevves dhanee bondu lagulah kobaa afuraaseem kobaa riluvaanu mihingos kiyaane kamehneh meegen evves mahsala eh beleytha
ޑޮކްޓަރ އަފަރާޝީ ޢަލީ ޤަތުލުކުރިމައްސަލަ ވަރަށްސީރިއަސްކޮން ނުބައްލަވަންތޯ ؟ ކޮބައިތޯނަތީޖާއަކީ ރިލްވާނާއި ޔާމީންމަރާލިމީހުންގެތަހްޤީޤް ނުނިމެނީ ކީއްވެތޯ ކޮބައިތޯ މަމަރުތައްނުނިމިގެންއުޅޭމައްސަލައަކީ ؟؟؟؟؟