ގެލެކްސީ އެސް 21 ގެ ފޯނުތައް ޕްރީއޯޑަރަށް ދިރާގުން ހުޅުވާލައިފި
ސެމްސަންގް ގެލެކްސީ އެސް 21 5ޖީ ސީރީޒްގެ ފޯނުތައް ޕްރީ އޯޑަރަށް ދިރާގުން ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން މިއަދު ހުޅުވާލައިފި އެވެ.
ދިރާގުންބުނީ އެ ކުންފުނި މެދުވެރިކޮށް، ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ކޮންމެ ފޯނަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 10 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމުގައެވެ. އަދި ކޮންމެ އެސް 21 އަދި އެސް 21 ޕްލަސް ފޯނަކާ އެކު ސްމާޓް ޓެގަކާއި “ގެލެކްސީ ފިޓް 2” ފިޓްނަސް ބޭންޑެއް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާއަކާ އެކު ސްމާޓް ޓެގެއްގެ އިތުރުން ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް ވެސް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވައެވެ.
ދިރާގުން މިއަދު ޕްރީއޯޑަރަށް ހުޅުވާލި ފޯނުތަކަކީ 5 ޖީ ނެޓްވޯކުގެ ފޯނުތަކެކެވެ. އަދި އެ ފޯނުތަކުގައި ދިރާގުގެ 5ޖީ ސިމާއި އީ-ސިމް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ފޮޓޯއާއި ވީޑިއޯ އަށް ޚާއްޞަކޮށްގެން ސެމްސަންގ އިން ނެރެފައިވާ މިފޯނުތަކުގެ ދިރާގު ޕްރީއޯޑަރ އަގުތައް ތިރީގައި އެވަނީއެވެ.
ޕްރީއޯޑާ އަގުތައް:
– ސެމްސަންގް ގެލެކްސީ އެސް 21: 18،559ރ.
– ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް، 256ޖީބީ: 23،199ރ.
– ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ، 256ޖީބީ: 27،859ރ.