ޚަބަރު

ސަލްމާން މިސްކިތް ކައިރިން ޕާކިން ސްލޮޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސަލްމާން މިސްކިތް ސަރަހައްދުގައި އޮންނަ ހުސް ސަރަހައްދުން ޕާކިން ސްލޮޓަށް އެދުމުގެ ފުރުސަތު އިތުރު ކޮސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާނިވާ ސަރަހައްދު ކައިރީގައި އަލަށް ހަދާފައިވާ ސަލްމާން މިސްކިތުގެ އުތުރު އޮންނަ ޕާކިން އޭރިއާ އިން ކާރާއި ކުދި ޕިކަޕަށް ޕާކިން ސްލޮޓްތައް ދޫކުރުމަށް މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތަފާތު އެކި ސަބަބުތަކާ ހުރެ ކެންސަލްވި 27 ޖާގައަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދު އަލަށް ހަމަޖެއްސި އަށް ޖާގައަކަށް ވެސް ކުރިމަތިލުމަށް ސިޓީ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ސިޓީ ކައުންސިލުން ބުނީ މި މަހުގެ 15ގެ ނިޔަލަށް މިޖާގަތަކަށް އެދި ކުރިމަތިލެވޭނެ ކަމަށެވެ. މި ސަރަހައްދުން ޖުމްލަ 35 ސްލޮޓެއް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމި އިރު ސްލޮޓެއް ކުއްޔަށް ދެނީ މަހަކު 3،000ރ. އަށެވެ. މީގެ ކުރިން ވެސް މާލޭގެ އެކި ސަރަހައްދުތަކުން ސިޓީ ކައުންސިލުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޫކޮށްފައެވެ.

ޕާކްކުރާނެ ސަރަހައްދެއް ނެތުމާއި ގަރާޖްގެ މައްސަލަ ކުރިމަތިވާތީ ކާރުފަދަ ވެހިކަލް ރެޖިސްޓްރީކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީީ ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ގަރާޖް ސިޓީ ވިއްކުމާއި ޖާގަ ނެތް މިންވަރަށް އެއް ގަރާޖަކަށް ގިނަ އަދަދެއްގެ ކާރު ރަޖިސްޓްރީކުރުން ފަދަ ގިނަ މައްސަލަތަކެއް ވަނީ ކުރިމަވެފައެވެ. އުޅަނދުފަހަރު ޕާކް ކުރާނެ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ އިތުރުން ޕާކިން އިމާރާތްތަކެއް އެޅުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭކަން ކުރިން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close