ޚަބަރު

ދެތިން މެންބަރަކު މީތި ހަލާކު ކޮށްލަން އެބައުޅުއްވާ – މިނިސްޓަރ މަޚުލޫފް

ވަރަށް ވަރުގަދައަށް މިއޮތް އެމްޑީޕީގެ ސަރުކާރު ހަލާކުކޮށްލަން ދެތިން މެންބަރަކު މީތި ހަލާކު ކޮށްލަން އެބައުޅުއްވާ ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެކު އެމްޑީޕީގެ ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމަށާއި، އެފްއޭއެމް އާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތައް އިޝާރާތް ކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ އަލީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ. “އަޅުގަނޑު މަގާމުން ދުރުކޮށްފާނެތީ އަލީ އާޒިމް ބުނާ ގޮތަކަށް ކަންތަކެއް ނުކުރާނަން.” މަހްލޫފް ވިދާޅުވިއެވެ.

“އެބޭފުޅުން އެކުރައްވާ މަސައްކަތް ކާމިޔާބު ވާނެހެނެއް ހިޔެއް ނުވޭ. ވަޒީރުންނާއި އެކު ވަރަށް ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަސައްކަތް ކުރައްވަނީ. މެންބަރުންގެ ފްރަސްޓްރޭޝަންތައް ހުންނާނެ ދާއިރާގެ ކަންކަން ނުވަންޏާ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިޝާރާތް ކުރައްވާ ދެތިން ބޭފުޅުންނަކީ ކޮން ބޭފުޅުންނެއްތޯ ޕްރެޒެންޓަރ ސުވާލު ކުރުމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ އެއިން އެއްބޭފުޅަކީ އަލީ އާޒިމް ކަމަށެވެ. “އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެ. އަލީ އާޒިމް ކުރައްވާ ކަންތައްތަކުގެ ސަބަބުން ވަރުގަދަ އަށް އޮތް ސަރުކާރެއް ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަކަމެއް.” މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މެމްބަރު އާޒިމް މީގެ ކުރިން މީގެ ކުރިން، މިނިސްޓަރ މަހްލޫފްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އާޒިމް ވަނީ އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާތީ އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވެސް މިހާރު ދަނީ ފާޅުގައި އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close