ވެބްކެމް އެއް ނެތިގެން އޮންލައިންކްލާހަށް ނުވަދެވިފައި ތިބޭކަށް ނުޖެހޭ، މިއޮތީ ޙައްލު
މިދުވަސްވަރު މިއޮތީ ކޮވިޑްގެ ނުރައްކާތެރި ވަބާގެ ސަބަބުން މުޅިދުނިޔެއާއި، އަދި ރާއްޖޭގެ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ނުވަތަ ވަރޗުއަލްކޮށް ކުރިއަށް ގެންދަން މަޖުބޫރުވެފައެވެ. އެފަދަ ކްލާސްތައް މިހާރުމިވަނީ ވަރަށް ބޮޑަށް ޢާއްމުވެސް ވެފައެވެ.
ބައެއް ބޭފުޅުން ވިދާޅުވާގޮތުންނަމަ އޮންލައިންކޮށް ކިޔަވައިދިނުމަކީ ބައެއްކަހަލަ މާއްދާތައް ކިޔަވައިދިނުމަށް ފިޒިކަލް ކްލާހަކަށްވުރެ ބޮޑަށް ފަސޭހަވެފައި ވަގުތުވެސް ސަލާމަތްކުރެވޭނެ ގޮތެކެވެ.
އެހެންނަމަވެސް ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި ޓީޗަރުންނަށްވެސް މިކަމުގައި އޮތް ގޮންޖެހުމަކީ ގޫގުލް މީޓް ބޭނުންކުރިޔަސް އަދި ޒޫމް ބޭނުންކުރިއަސް އަދި އެނޫން އެހެން އެޕްލިކޭޝަނެއް ބޭނުން ކުރިޔަސް ޑެސްކް ޓޮޕް ކޮމްޕިއުޓަރުގައި ވެބް ކެމެރާއެއް ބޭނުންކުރަންޖެހުމެވެ. ލެޕްޓޮޕާއި، ޓެބްލެޓާއި، މޮބައިލް ފޯނުފަދަ ޑިވައިސްތަކުގައި ވަކިން ކެމެރާއެއް ހުންނަން ނެޖެހުނުކަމުގައިވިޔަސް ޑެސްކް ޓޮޕް ކޮމްޕިއުޓަރު ބޭނުންކުރާ ފަރާތްތަކުން ކެމެރާއެއް ވަކިން ހޯދަންޖެހެއެވެ. އެހެންނޫނީ ވީޑިއޯ ކޮންފަރެންސް ނުގެންދެވޭނެއެވެ.
އެކަމަށް މިއޮތީ ޙައްލެކެވެ. ތިބާގެ މޯބައިލް ފޯނު ވެބްކެމްއަކަށް ބަދަލުކޮށްލެވިދާނެއެވެ. ފޯނަށް DroidCam Wireless Webcam އެޕްލިކޭޝަން އިންސްޓޯލް ކޮށްލުމަށްފަހު ކޮމްޕިއުޓަރަށް އޭގެ ވިންޑޯސް އެޕް DroidCam Client އިންސްޓޯލް ކޮށްލުމުން ފަސޭހަކަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ޔޫސަރ މެނުއަލް ބައްލަވާށެވެ.
[embeddoc url=”https://naares.com/wp-content/uploads/2020/07/droidcam-installation-document.pdf” download=”all”]



