ދީން

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް އަޚްލާޤީ ސިފަތައް: ނަމޫނާ ލިބިގަންނަމާ!

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް އަޚްލާޤީ ސިފަތައް: ނަމޫނާ ލިބިގަންނަމާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެންމެ ފުރިހަމަ ޚުލުޤްފުޅު މަތީއެވެ. ﷲތަޢާލާ އެކަލޭގެފާނުގެ އަޚްލާޤަށް މަދަހަ ވަޙީކުރައްވާ ވަޙީކުރައްވަނީ މިފަދައިންނެވެ. وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (4) އަލްޤަލަމް (މާނައީ: އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.)

  • ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް މުސްލިމަކަށް އެއްޗެހި ނުކިޔުއްވައެވެ. އަންހެނަކަސް ޚާދިމަކަސް ވިޔަސްމެއެވެ. އަދި އަޢުނަތްވެސް ލެއްވުމެއް ނެތިއެވެ.
  • ކާފިރަކަށްވެސް ބަދުދުޢާ ނުކުރައްވައެވެ.

އަބޫހުރައިރާ ރަޞިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ………. ޤަބީލާގެ މީހުން ކާފިރުވެއްޖެއެވެ. އީމާންވުމަށް އިންކާރުކޮށްފިއެވެ. އެމީހުންނަށް ބަދުދުޢާ ކުރައްވާށެވެ. ދެންނެވުނެވެ. اللهم اهد دوسا وأنت بهم ” رواه البخاري و نسلم ” އޭﷲ ދަވްސް ވަންހައިގެ މީހުންނަށް ހިދާޔަތްދެއްވާ (ތިމަންރަސޫލާގެ އަރިހަށް) ގެންނަވާންދޭވެ.”  ނަމަވެސް އާންމުކޮށް ކާފިރުންނަށް ބަދުދުޢާ ކުރުމަކީ މަނާ ކަމެއް ނޫނެވެ.

  • ދިރިއުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުއްވުމެކެވެ.

އިބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވާ ޙަދީޘް އެއްގައިވެއެވެ. ” ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އާދައިގެ ކުނަލެއްގެ މަތީގައި ނިދިކުރައްވާ ތެދުވެވަޑައިގަތްއިރު ހަށިކޮޅުގައި ކުނަލުގެ އަޘަރު ފެންނަން ހުއްޓެވެ.” ރަވާހު ތިރުމިޛީ

  • ގިނަމީހުންނާއެކު ފަރީއްކުޅުއްވުމަށް ލޯބިކުރައް ވައެވެ.

ޖާބިރުގެ ފާނުގެ އަރިހުން ރިވާވެގެންވެއެވެ. أحيب الطعام إلي الله ما كثرت عليه لأيدي (أبو يعلي الطبراني حبر حسن) ” މާތްﷲގެ ހަޞުރަތުގައި ބޮޑަށް ރުހިވޮޑިގަންނަވާ ކާނާއަކީ އެކާނާއެއް ކެއުމަށް ގިނަބަޔަކު ޙާޞިރުވެފައިވާ ކާނާއެވެ.” އެކަލޭގެފާނު ހޫނުކޮށްހުންނަތަކެތި ފަރީއްނުކުޅުއްވައެވެ. : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. ” އެފަދަ ތަކެތީގައި ބަރަކާތެއް ނުހުންނާނެއެވެ. އަދި ހަމަކަށަވަރުން މާތްﷲ ތިމަންމެނަށް އަލިފާން ކާކަށް ނުދެއްވައެވެ. ( البيهقي من حديث إلي أبو هريرة باسناد حسن)

  • މަޢާފު ކުރެއްވުން :

ޖާބިރު ބުރު ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު خصفة ޤަބީލާގެ لشكرއާ އައްނަހުލު އޭ ކިޔުނު ތަނުގައި ހަނގުރާމަ ކުރެއްވިއެވެ.  މުސްލިމުންގެ ފަރާތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރައްކާތެރިކުރެއްވުމަށް ސަމާލުކަން ކުޑަވިތަން ފެނުމުން މުޝްރިކުންގެ ތެރެއިން ޣަވްރަޘް ބުނު އަލްކާރިޘް އޭ ކިޔުނު މީހަކު ކަނޑިހިފައިގެން އައިސް އެކަލޭގެފާނުގެ އިސްތަށިފުޅު ކައިރީގައި ހުރެ ދެންނެވިއެވެ. ތިމަންގެ ކިބައިން ކަލޭގެފާނު ސަލާމަތް ކުރައްވާނީ ކާކުތޯއެވެ؟ ޙަދީޘްފުޅު ކުރެއްވިއެވެ. މާތްﷲ އެވެ. އެގޮތައް ހަދީޘް ކުރެއްވުމުން) އޭނާގެ އަތުން ކަނޑިދޫވެގެން ވެއްޓިއްޖެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ފަރާތުން ތިބާ ސަލާމަތްކޮށްދޭނީ ކާކުތޯއެވެ؟ އޭނާ ދެންނެވިއެވެ. ރަނގަޅު ކަންތައް ކުރާމީހުންގެ ތެރެއިން ވަޑައިގަންނަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. މާތްﷲ ފިޔަވާ އެހެން އިލާހެއް ނުވާކަމަށް ތިބާ ހެކިވާނަންހެއްޓެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ތިމަންކަލޭގެފާނާއި ހަނގުރާމަ ނުކުރާނެކަމަށާއި އަދި ކަލޭގެފާނާއި ހަނގުރާމަ ކުރާބަޔަކާއި ބައިވެރި ނުވާނެކަމަށް އަހުދު ކުރަމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާ ދޫކުރެއްވިއެވެ. ރާވީވިދާޅުވިއެވެ. ދެންއޭނާ އޭނާގެ އެކުވެރިންގެ ގާތަށްގޮސް ބުންޏެވެ. ތިމަންނަ މިއައީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ބޭކަލެއްގެ އަރިހުންނެވެ…  (ރަވާހު އަޙްމަދު 3/366 )


[1] ………………………………… 194

[2] އިހްޔާ އުލޫމުއްދީން ޣަޒާލީ 3/73

[3] އިޙްޔާ އުލޫމުއްދީން

[4] أحمد وإبن حبان وإسنادهما حيرأنظر احيا علوم الدين الغزالي 2/478

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close